ކޮރޯނާ ޖެހޭ މީހުންގެ އަދަދު 3 މިލިއަނަށް އެރުން ދާދި ގާތުގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ކޮރޯނާ ޖެހޭ މީހުންގެ އަދަދު 3 މިލިއަނަށް އެރުން ދާދި ގާތުގަ!

ދުނިޔޭގައި މިވަގުތާއި ހަމައަށް ކޮރޯނާ ޖެހުނު މީހުންގެ އަދަދަށް ބަލައިފި ނަމަ ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރުވަނީ 2،931،888 އަށް އަރައިފައެވެ.  މަރުވި މީހުންގެ ޢދަދަކީ 203,596 އެވެ. ގަދަވި މީހުންގެ ޖުމުލައަކީ 838,853 އެވެ. 

މިއީ އުފާވެރި މެސެޖެއް ނޫނެވެ. ސަބަބަކީ 30 ލައްކަ މީހުންނަށް ބަލިޖެހެން ގާތްވެފައިވާއިރު 2 ލައްކައަށްވުރެ ގިނަ މީހުން މަރުވެފައިވުމެވެ. ބަލިޖެހުނު މީހުންގެ އަދަދު 3 މިލިއަނަށް އަރައިގެންދާއިރު ޝިފާ ލިބުނު މީހުން 8 ލައްކައިގައި ހުރި ކަމެވެ. 

ކޮރޯނާ އާއި ގުޅިގެން ވާހަކަ ދެއްކެވި ޑޮކަޓަރަކު ވިދާޅުވެފައިވެއެވެ. "ކޮރޯނާ އަރައިފިނަމަ މައިތިރި ކުރަން ޑޮކްޓަރީ ގޮތުން ކުރެވޭ ވަކިކަމެއް ނެތެވެ. އެ އަރާ ހިސާބަކަށް އަރައިގެންދެއެވެ. މައިތިރިވާންވުމުން މައިތިރިވެއެވެ. ޑޮކްޓަރުންނަށް ކުރެވޭ ކަމަކީ ޓެސްޓްކުރުމާއި ފަރުވާ ދިނުމެވެ. 

ނަމަވެސް ރައްޔިތުންގެ މަސައްކަތުން ކުރިއެރުންތަކެއް ލިބެއެވެ. އެކަން ޙާޞިލުކުރެވޭނީ ރައްޔިތުން ވަރަށް ބޮޑަށް އެއްބާރުލުން ދީ އެކަމަށް މަސައްކަތްކޮށްގެންނެވެ. ޑޮކްޓަރުން ދޭ އިރުޝާދުތަކަށް ޢަމަލުކޮށްގެންނެވެ."

ޑޮކްޓަރުގެ މިބަސްފުޅުގައި ދެއްވާފައިވާ މެސެޖަކީ ޑޮކްޓަރުން ފަރުވާ ދިނުމަކީ ބަލި ކޮންޓްރޯލުކުރެވޭ ސަބަބެއް ނޫން ކަމާއި ބަލި ކޮންޓްރޯލު ކުރެވޭނީ ޑޮކްޓަރުންގެ އިރުޝާދުތަކަށް ރައްޔިތުން އަމަލުކޮށް ކިޔަމަންތެރިވީ މިންވަރަކުން ކަމެވެ. ބަލިޖެހޭ މީހުންގެ އަދަދު މަދުކުރެވޭނީ ރައްޔިތުންގެ ކިޔަމަންތެރިކަމުން ކަމެވެ.

މިއަދު އޮންލައިން