އެންޓި ޓެރަރިޒަމްގެ ޤާނޫނުގެ ދަށުން އިންޑިއާގައި މުސްލިމު މާބަނޑު އަންހެނަކު ހައްޔަރުކޮށް ޖަލަށްލައިފިއެވެ.
ޖަމީއާ މިއްލިއާ އިސްލާމިއާ (ޖޭއެމްއައި) ޔުނިވާސިޓީގެ ރިސާޗް ސްކޮލާރ އެއް ކަމަށްވާ ސޮފޫރާ ޒަރްގާރް ގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ނިއުދިއްލީގައި ހިނގި ހަމަނުޖެހުމުގެ އަޑީގައި ހުރި މީހެއް ކަމުގައެވެ.
އެހެންކަމުން، މިބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ސޮފޫރާއަށް ހޭދަކުރަން ޖެހުނީ ނިއު ދިއްލީގައި ހުންނަ ތިހާރް ޖަލުގައެވެ.
އޭނާގެ ފުރަތަމަ ދަރިފުޅަށް ބަލިވެއިން އުމުރުން 27 އަހަރުގެ ސޮފޫރާ ހައްޔަރު ކޮށްފައިވަނީ މިމަހުގެ 10 ވަނަ ދުވަހުގައެވެ.
ސޮފޫރާ އާއި ޖަމީއާ ކޯޑިނޭޝަން ކޮމިޓީ (ޖޭސީސީ) އާއި ގުޅުމެއް އޮންނަ ކަމަށް ބައެއް ރިޕޯޓުތަކުން ބުނެފައިވެއެވެ. އެކޮމިޓީއަކީ، މިދިޔަ ޑިސެމްބަރު މަހު އިންޑިއާގައި ފާސްކުރި ސިޓިޒަންޝިޕް ޤަވާއިދާއި ގުޅިގެން ސުލްޙަަވެރި އެއްވުންތަކެއް ބޭއްވި ޖަމިއްޔާ އެކެވެ.
އިންޑިއާ ގައި ފާސްކުރި ސިޓިޒަން އެމެންޑްމެންޓް އެކްޓް (ސީއޭއޭ) ގެ ސަބަބުން މުސްލިމު މައިނޯރިޓީއެއް އެޤައުމުގައި، މުސްލިމުންނާމެދު އަންނަނީ ގިނަގުނަ ތަފާތުކުރުންތަކެއް ގެމްގުޅެމުންނެވެ.