ކުޑަކުޑަ ކޮރޯނާގެ އެންމެ ހިތާމަވެރި 2 ރެކޯޑް "ނުފޫޒާ ބާރުގަދަ، މުއްސަނދި" އެމެރިކާއަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ކުޑަކުޑަ ކޮރޯނާގެ އެންމެ ހިތާމަވެރި 2 ރެކޯޑް "ނުފޫޒާ ބާރުގަދަ، މުއްސަނދި" އެމެރިކާއަށް!

އެ ޤައުމެއްގެ ބާރާއި ނުފޫޒާއި ތަނަވަސްކަމުން އިސްލާމީ އުންމަތަށް އެންމެ ބޮޑަށް ކަރުނައަޅަން ޖެހިފައިވާ އެމެރިކާ އަށް ކޮރޯނާ ބަލީގައިވެސް އިތުރު ރެކޯޑްތަކެއް މިހާރު ލިބިއްޖެއެވެ. 

އެއީ ދުނިޔެއިން 3 މިލިއަން މީހުންނަށް ބަލި ޖެހުނުއިރު އެއިގެތެރެރެއިން ތިންބައިކުޅަ އެއްބައި މީހުންނަކީ އެމެރިކާ މީހުން ކަމުގައިވުމާއި އަދި ބަލީގައި މިހައި ތަނަށް މަރުވި މީހުންގެ އަދަދު 56,803 އަށް އަރައި ބަލީގައި އެންމެ ގިނަމީހުން މަރުވި ޤައުމުކަމުގައިވުމެވެ. މިއީ މުޅި ދުނިޔެއިން މަރުވި 200،000 މީހުންނަށް ބަލައިފިނަމަ 25 އިންސައްތައަށްވުރެ މަތީ އަދަދެކެވެ.

ދެވަނައަށް އެންމެ ގިނަ މީހުންނަށް ބަލި ޖެހުނު ސްޕޭންގައި ބަލި ޖެހިފައިވަނީ 229,422 މީހުންނަށެވެ. ދެވަނައަށް އެންމެ ގިނަ މީހުން މަރުވި އިޓަލީގައި މަރުވެފައިވަނީ 26,977 މީހުންނެވެ. ވީމާ މިހިސާބުތަކަށް ބަލާއިރު އިޓަލީގައި މަރުވި މީހުންގެ އަދަދުގެ 2 ގުނައަށްވުރެ އެމެރިކާގައި މަރުވި މީހުންގެ އަދަދު އެވަނީ ގިނަވެފައެވެ. 

މުސްލިމުންނަކީ އެމީހުންގެ ހަތުރުންނަށްވެސް ކުރިމަތިވާ ހިތާމަތަކަށް އުފާކޮށްގެންވާނެ ބައެއް ނޫނެވެ. އެހެންކަމުން މުސްލިމުން ވެސް މިއަދު ދުޢާކުރަންވީ އެމެރިކާގެ ރައްޔިތުންނަށް ހެޔޮ ރަޙްމަތް އެދިގެންނެވެ. 

މިއަދު އޮންލައިން