ވެލިދޫ ގެއަކުން 3 ބަސްތާ ހަނޑޫ ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 35ސ
ވެލިދޫ ގެއަކުން 3 ބަސްތާ ހަނޑޫ ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

ވެލިދޫ ގެއަކުން ތިން ބަސްތާ ހަނޑޫ ވަގަށް ނެގި މީހަކު ހައްޔަރުކޮށްފިއެވެ.

މިކަމާގުޅިގެން ފުލުހުން ބުނެފައިވަނީ ވެލިދޫ ގެއެއްގެ ގުދަނުން ތިން ބަސްތާ ހަނޑޫ ވަގަށް ނެގި މައްސަލަ ރިޕޯޓުކޮށްފައިވަނީ މިއަދުގެ 3:00 ހާއިރު ކަމަށާއި މި މައްސަލައާ ގުޅިގެން 19 އަހަރާއި 32 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި ތިން ބަސްތާ ހަނޑޫ ހޯދައި ވެރިފަރާތާއި ހަވާލުކޮށްފައިވާއިރު، މީގެތެރެއިން އެއް ބަސްތާ ހޯދާފައިވަނީ 100 ރުފިޔާ އަށް މީހަކަށް ވިއްކާލާފައިވަނިކޮށެވެ. އަދި އަނެއް ދެ ބަސްތާ ހޯދާފައިވަނީ ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކެއްގެ ގޭގައި ފޮރުވާފައި ހުއްޓައެވެ.

މި މައްސަލަ ފުލުހުންމިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

މިއަދު އޮންލައިން