އިނގިރޭސި ޕާލަމެންޓްގައި ޕޓަބްރޫ ތަމްސީލް ކުރައްވާ ކޮންސަރވޭޓިވް ޕާޓީގެ މެންބަރު ޕޯލް ބްރިސްޓޯ ވިދާޅުވެފައިވަނީ އޭނާ ރޯދަ ހިފަނީ އޭނާގެ ދާއިރާގައި ދިރިއުޅޭ 20،000 މުސްލިމުންގެ އިހްޞާޞްތައް ވީހައި ގާތުން އިހްޞާޞްކުރައްވަން ކަމަށެވެ.
އެމްޕީ ކުރެއްވި ޓްވީޓުގައި ވަނީ ރޯދަ ހިފުމަށް ތަޢްރީފްކުރައްވައިފައެވެ. އަދި އެއީ އާދައިގެ އަޅުކަމަކަށްވޗުރެ މާޚާއްޞަ އަޅުކަމެއްކަން ވެސް ވަނީ ފާހަގަކުރައްވައިފައެވެ.
އެމްޕީ ދެއްކެވީ ޞަދަޤާތުގެ ވާހަކައެއް ނޫނެވެ. "ޖެނެރަސިޓީ" (މީސްތަކުންނަށް ހެޔޮކޮށް ކަންތައްތައް ކުރުމުގެ) ވާހަކައެވެ.
އެމްޕީ ވިދާޅުވެފައިވަނީ ރޯދަހިފުމަށްޓަކައި އެ ސަރަހައްދުގެ މިސްކިތުންނާއި އިމާމެއްގެ ލަފާ ހޯއްދެވި ކަމަށެވެ. އަދި ވަނީ އެ ސަރަހައްދުގަ އާއި ދުނިޔޜގެ ހުރިހާ ޤައުމުތަކެއްގައި ދިރިއުޅޭ މުސްލިމުންނަށް ރަމަޟާން މަހުގެ ހެޔޮ އެދުންތައް އަރިސްކުރައްވައިފައެވެ.
އެމްޕީ އަމިއްލަފުޅަށް މިޓްވީޓް ކުރެއްވުމުން ގިނަ ބައެރއްގެ ފާޑުކިޔުންތައް ވަނީ ކުރިމަތިވެފައެވެ. އެކަން އެހެންވާނެކަން ޓްވީޓްކުރެއްވި އިރު ވެސް ވަރަށް ރަނގަޅަށް އެނގިލައްވާނެއެވެ. އެކަންކަމާއި ކުރިމަތިލެއްވެވިކަން އެއީ ދެއްވި ޢިބްރަތްތެރި ފިލާވަޅެއް ކަމަށް ޤބޫލުކުރެވެއެވެ!
އެމްޕީއަށާއި އެންމެހައި ކާފިރުންނަށް ތެދުމަގު ދެއްކެވުން އެދި ދުޢާކުރަމެވެ. ޢާމީން
I am fasting for the first week of #Ramadan. I want to share this experience with the 20,000 Muslims who live in my City #proudofpeterborough #RamadanMubarak pic.twitter.com/dwqf9HY5I7
— Paul Bristow MP #StayHomeSaveLives (@paulbristow79) April 23, 2020