ކޮރޯނާ ފެތުރެމުން ދަނިކޮށް ބަނަގްލަދޭޝްގައި ފޭރާން އުފައްދާ 850 އަސްވުރެ ގިނަ ކާރުޚާނާތައް ހުޅުވައި މަސައްކަތްކުރަން ފަށައިފިއެވެ.
ކާރުޚާނާތައް ހިންގާ މީހުން ބުނެފައި ވަނީ މަސައްކަތު ނެރެނީ މަދު އަދަދެއްގެ މުވައްޒިފުން ކަމަށާއި އަދި ކާރުޚާނާތަކާއި ކައިރީގައި ދިރިއުޅޭ މީހުން ކަމަށެވެ. އަދި މަސައްކަތްކުރާނީ ރައްކައުތެރިވެގެން ތިބެ ކަމަށެވެ.
"އަހަރެމެންގެ ކާރުޚާނާތައް ހުޅުވައި މަސައްކަތް ފެށީމަ ދުނިޔޭގެ މަޝްހޫރު މަރުކާތަކުން އުފާކުރާނެ" ކަމަސްވެސް ބުނެފައިވެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން މިއަދު އެކަނިވެސް 500 އަށްވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވިއެވެ. ބަލިޖެހިފައިވާ މީހުންގެ އަދަދު 8000 އަށްވުރެ ގިނައެވެ. މިހައިތަނަށް 170 އަސްވުރެ ގިނަ މީހުން ވަނީ ބަލީގައި މަރުވެފައެވެ.