ރަމަޟާންމަހު ރޯދައަށް ހުރެ ޖިމާޢުވުމަކީ ވަރަށް ނުރައްކާތެރިކަމެއް! ކައްފާރާ ދައްކަން ޖެހޭނީ ފިރިމީހާ!: ޑރ. ޝަހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ރަމަޟާންމަހު ރޯދައަށް ހުރެ ޖިމާޢުވުމަކީ ވަރަށް ނުރައްކާތެރިކަމެއް! ކައްފާރާ ދައްކަން ޖެހޭނީ ފިރިމީހާ!: ޑރ. ޝަހީމް

ރަމްޟާން މަހު ރޯދައަށް ހުރެ ޖިމާޢުވުމަކީ ވަރަށް ބޮޑު ފާފައެކެވެ. އެހެންކަމުން އެއީ އެއީ ކުރަން ވަރަށް ނުރއްކައުތެރި ކަމެކެވެ. 

ރަމަޟާން މަހު ރޮދައަށް ހުރެ ޖިމާޢު ވެއްޖެ ނަމަ ކައްފާރާ ދޭން ޖެހޭނެއެވެ. އެކަމުގައި އޮތީ 3 ގޮތެކެވެ. 1. އަޅަކު މިނިވަންކުރުން 2. ވިދިވިދިގެން 60 ދުވަހު ރޯދަހިފުން 3. ފަސްދޮޅަސް މިސްކީނުންނަށް ކާން ދިނުން

މި ކަންކަން ތަންފީޒުކުރަން ޖެހޭނީ ތަރުތީބުންނެވެ. ވީމާ ފުރަތަމަ ކަމަކަށް އޮތް އަޅަކު މިނިވަންކުރުމަކީ މިހާރު ކުރެވެން އޮތް ކަމެއް ނޫނެވެ. ވީމާ އޮތީ 2 ވަނައަށް ގޮތަށް އޮތް ގޮތަށް ޢަމަލުކުރުމެވެ. އެއީ ވިދިވިދިގެން 60 ދުވަހު ރޯފަހިފުމެވެ. ވިދިގެން 60 ދުވަހު ރޯދަހިފުމުން ސަލާމަތްވެ 3 ވަނަ ގޮތަށް ޢަމަލުކުރެވޭނީ ހަމައެކަނި އެމީހާގެ ޞިއްޙީ ޙާލަތު ތަންނުދިނުން ފަދަ މަޤްބޫލް ޢުޒުރެއް މެދުވެރިވެގެންނެވެ. 

(ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި ތިމާއަށް ވިދިވިދިގެން 60 ދުވަހު ރޯދަ ނުހިފިދާނެ ކަމަށް ތިމާ އަމިއްލައަށް ކަނޑައަޅައިގެން ނުވާނެއެވެ. އެކަން ކަނޑައަޅަންވާނީ ކަނޑައެޅޭ ފެންވަރުގެ މުސްލިމް ޑޮކްޓަރުންނެވެ. މުސްލިމް ޑޮކަޓަރަކު ނެތް ތަނެއްގައި އިތުބާރުކުރެވޭ އެހެން ޑޮކްޓަރަކަށްވެސް ކަނޑައެޅިދާނެއެވެ.)

އެފަދަ ޙާލަތެއް މެދުވެރިވެފައިވާ މީހާ 60 މިސްކީނުންނަށް ކާންދޭން ޖެހޭނެއެވެ. ކައްކައިގެން ކާން ދިނުން އުނދަގޫނަމަ އެއްފަހަރުގެ ކެއުމަށް ފުދޭވަރަށް ފައިސާ ދެވިދާނެއެވެ. 

ޖިމާޢުވީ އަނބިމީހާ ބުނެގެން ނަމަވެސް، އަނބިމިހާ މަޖުބޫރުކޮށްގެން ފަދަ ޙާލަތެއްގައި ނަމަވެސް ކައްފާރާ ދޭންޖެހޭނީ ފިރިމީހާއަށެވެ. އަނބިމީހާއަށް އޮތީ ހަމައެކަނި ގެއްލުނު ރޯދަހިފުމެވެ. 

ދަތުރުވެރިއަކަށްވުން ފަދަ ރޯދަ ދޫކުރަން ހުއްދަ ލިބޭ އުޒުރެއް މެދުވެރިވެފައިވާ މީހަކު ރޯދައަށް ނުހުންނަ ނަމަ ދެމަފިރިން ގުޅުން ހިންގުން ހުއްދައެވެ. 

- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު 

ޑރ. ޝަހީމްގެ މި ބަސްފުޅުންވެސް އެނގިގެން ދަނީ ކަމުގެ ބޮޑުކަމެވެ. ވީމާ މިފަދަ ޢަމަލުތައް ނުކޮށް ކެތްތެރިވާށެވެ! ރޯދަވީއްލުމަށްފަހު ދެމަފިރިންގެ މެދުގައި ގުޅުން ހިންގުން ހުއްދައެވެ.

މިއަދު އޮންލައިން