ސީރިއާ، ސޯމާލިއާ އަދި ތުރުކީގައި ތިބި ފަގީރުންނަށް އޮޒިލް ލައްކައަކަށްވުރެ ގިނަ ފައިސާ ހަދިޔާކޮށްފި!

ކިޔުމަށް ހޭދަވާނީ 1މ
ސީރިއާ، ސޯމާލިއާ އަދި ތުރުކީގައި ތިބި ފަގީރުންނަށް އޮޒިލް ލައްކައަކަށްވުރެ ގިނަ ފައިސާ ހަދިޔާކޮށްފި!

މުޅި ދުނިޔެއަށް މަޝްހޫރު އިނގިރޭސި މުސްލިމް ފުޓުބޯޅަ ކުޅުންތެރިޔާ މީސަޓު އޮޒިލް، ސީރިއާ އާއި ސޯމާލިއާ އަދި ތުރުކީ ގައި ތިބި ފަގީރުންނަށް ލައްކައަކަށްވުރެ ގިނަ ފައިސާ ހަދިޔާ ކޮށްފިއެވެ. 

އާސެނަލް ގެ މިފުޓުބޯޅު ކުޅުންތެރިޔާ ތުރުކީ ރެޑް ކްރެސެންޓް މެދުވެރިކޮށް އެޤައުމުތަކުގައި ތިބި ފަގީރުންނަށް ހަދިޔާ ކޮށްފައިވަނީ 101،000 ޑޮަލަރު ކަމަށް މައުލޫމާތު ލިބެއެވެ. އަދި މިއީ ފަގީރުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ ގޮތުން އޮޒިލް ހަދިޔާ ކުރެއްވި ފައިސާ ތަކެއް ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

އޮޒިލް ހަދިޔާ ކޮށްފައިވަނީ 713،000 ތުރުކީ ފައިސާ (ލީރާސް) އެވެ. އެފައިސާ ޑޮލަރަށް ބަދަލު ކުރުމުން 101،000 ޔޫއެސް ޑޮލަރު ވެއެވެ. 

މިދުވަސްކޮޅު ޖެހިފައިވާ ހާލަތުގެ ގޮތުން ސީރިއާ އާއި ސޯމާލިއާގެ އިޤްތިސާދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. މީގެއިތުރުން ހަނގުރާމައިގެ ސަބަބުން މި ދެ ޤައުމަށް މުދާ ސަޕްލައީ ކުރުން ވެސް ވަނީ ހުއްޓިފައެވެ. 

އޮޒިލް ހަދިޔާކުރި މިފައިސަައަކީ ވެސް ޚާއްސަކޮށް މި ދެ ޤައުމުގައިތިބި މުސްލިމުންނަށް މިރަމަޟާން މަހު އެހީތެރިވުމުގެ ގޮތުން ހަދިޔާކުރި ފައިސާއެވެ. އަނަދޮލު އޭޖެންސީން ބުނެފައިވަނީ އޮޒިލް ހަދިޔާކުރި ފައިސާއިން ޖުމްލަ 16000 މުސްލިމުންގެ ރޯދަވީއްލުން ހަމަޖައްސައިދެވޭނެ ކަމަށެވެ.

މިއަދު އޮންލައިން