ދުނިޔޭގެ ނިޞްބަތުން ކޮރޯނާޖެހިގެން މަރުވާ މީހުންގެ އަދަދު އެންމެ މަދީ ސައުދީގަ!: ހެލްތް މިނިސްޓަރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 28ސ
ދުނިޔޭގެ ނިޞްބަތުން ކޮރޯނާޖެހިގެން މަރުވާ މީހުންގެ އަދަދު އެންމެ މަދީ ސައުދީގަ!: ހެލްތް މިނިސްޓަރު

ދުނިޔޭގެ ނިޞްބަތުން ބަލާއިރު ކޮރޯނާޖެހިގެން މަރުވާ މީހުންގެ އަދަދު އެންމެ މަދީ ސައުދިޢަރަބިޔާގައި ކަމަށް އެ ޤައުމުގެ ހެލްތް މިނިސްޓަރު ޑރ. ތައްފީޤް އަލްރާބިޢާ ވިދާޅުވެއްޖެއެވެ. 

މިނިސްޓަރު ވިދާޅުވީ ސައުދީގައި މަރުވި މީހުންގެ ނިޞްބަތަކީ 0.7 އިންސައްތަ ކަމަށާއި މިހައި ބޮޑު ކުރިއެރުމެއް ހޯދުނީ ކުރިއާލައި އައިސީޔޫ ފެސިލިޓީތައް އިތުރުކުރުމުންނާއި ޓެސްޓް ކުރާ މީޙުންގެ އަދަދު އިތުރުކުރެވުމުން ކަމަށެވެ. 

ސައުދިއަރަބިޔާގައިމިއަދާއި ހަމައަށް 31,938 މީހުންނަށް ކޮރޯނާ ޖެހިފައިވާއިއރު މަރުވެފައިވަނީ 209 މީހުންނެވެ. ރަނގަޅުވި މީހުންގެ އަދަދަކީ 6,783 އެވެ.

މިއަދު އޮންލައިން