މަރްޙޫމް ޙުސައިން ޔޫސުފް - ފަހުގެ އެންމެ ބޮޑު އެއް އެދުރު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
މަރްޙޫމް ޙުސައިން ޔޫސުފް - ފަހުގެ އެންމެ ބޮޑު އެއް އެދުރު!

إنا لله وإنا إليه راجعون، اللهم اغفر له وارحمه وأدخله جناتك الفسيحةو آمين

މަރްހޫމު ހުސައިން ޔޫސުފުގެ އެންމެ އަގުހުރި އެއް ޚިދުމަތް ގުޅެނީ ދީނީ ތައުލީމުގެ ދާއިރާއާއެވެ. އަދި، ދިވެހިންނަށް ދީނީ ތައުލީމު ލިބުމުގެ މަގުފަހިކޮށްދިނުމާއެވެ. 

މިގޮތުން 1971 ވަނަ އަހަރު، ތިރީހަކަށް ކުދިންނާއެކު ކަނޑު ބޯޓެއްގައި ޕާކިސްތާނަށް ވަޑައިގަތެވެ. އަދި ފައިސަލް އާބާދުގެ ދީނީ މަދަރުސާއެއްގައި އެކުދިންނަށް ކިޔެވުމުގެ މަގު ފަހިކޮށްދެއްވިއެވެ. މި ދުވަސްވަރަކީ ރާއްޖޭގައި ކިޔެވުން އަދި އާންމު ނުވެ އޮތް ދުވަސްވަރެކެވެ. މާލޭގައި ހުރި ދެތިން އިސްކޫލެއް ފިޔަވައި ނިޒާމީ އިސްކޫލެއްރާެއްޖޭގައި ނެތޭ ވެސް ބުނެވިދާނެއެވެ. އަދި، ބޭރުގެ ތަނަކަށް އަމިއްލައަށް ކިޔަވަން ދިޔުމަކީ، އާދައިގެ މީހުންނަށް މުޅިން މުސްތަހީލުކަމެކޭ ވެސް ބުނެވިދާނެއެވެ.

މަރުހޫމުގެ މި މަސައްކަތުގެ މުހިއްމުކަން ފާހަގަވަނީ މިކަން ހަނދާންކޮށްލުމުންނެވެ. ދެން ރާއްޖޭގައި އުފެދުނު، ދީނީ ދާއިރާގައި މަސައްކަތްކުރައްވާ ގިނަ ބޭފުޅުންނަކީ މަރުހޫމު އިންދެވެި މި އޮށުން ފަޅައި ހެދުނު ގަހުގައި އެޅި ގަހުން ނިކުން މޭވާއެވެ. ޕާކިސްތާނުން، ސައުދި އެރޭބިޔާ އަށާއި އަދި އެނޫންވެސް އެހެން ތަންތަނަށް ގޮސް އެބޭކަލުންގެ ތައުލީމީ މަސައްކަތް ކުރިއަށް ގެންދެވި ބޭކަލުންނެވެ.

 މީގެ އިތުރުން، މާލޭގައި އަރަބި ބަހުން ކިޔަވައިދޭ މަދަރުސާއެއް ތައުސީސުކުރައްވައި ގާއިމުކުރެއްވިއެވެ. އާދެ، ތައިބާ މަދަރުސާއެވެ. ބިމެއް ހިއްކަވައިގެން ބިނާކުރެއްވި މަދަރުސާއެކެވެ. މިހާރު ތައިބާ މިސްކިތް އެހެރީ އެބިމުގައެވެ. އެ މަދަރުސާ ބަންދުކުރެވުމުން، މަރުހޫމުގެ ރަށުގައި މަދަރުސާ ހިންގެވުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ހިންގަވަމުން ގެންދެވިއެވެ. 

އަދި، ކިޔަވަން އުޅުއްވި ދުވަސްވަރު، އެންމެ ފުރަތަމަ ދިވެހި ބަހުން ލިޔެވުނު ކީރިތި ގުރުއާނުގެ ތަރުޖަމާއާއި ތަފްސީރު ލިޔުއްވި މަރްހޫމު މަލިމް ހުސައިން ދީދީގެ ކާތިބެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވިއެވެ. މަރްހޫމަށް ސުވަރުގޭގެ ރަހުމަތްލައްވާށިއެވެ

(މިއީ ދިވެހި ތާރީޚީ މައުލޫމާތު ހާމަކުރާ ވައިބަރުކްރޫޕެއްގައި އަލްއަޚް ޝާޠިރު ޕޯސްޓިކުރައްވާފައިވާ ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމްގެ ލިޔުއްވުމެކެވެ.)

މިއަދު އޮންލައިން