ލޮބުވެތި އަޚުންނާއި އުޚްތުން! މިއަދުނޫހުގެ ސިލްސިލާގެ ޕްރާގްރާމްގައި މިއަދު އަޅުގަނޑު ތިބޭފުޅުންނަށް ނަސޭހަތެއް ދޭން ބޭނުންވަނީ މުސްލިމް އަޚާއަށްޓަކައި ހެޔޮ ދުޢާކުރުމާއިބެހޭގޮތުން. އަދި އަމްދުން މިދުވަސްކޮޅުގައި މިކޮވިޑް 19 ފެތުރިގެން އަޅުގަނޑުމެންގެ ހަމަ ވަރަށްގާތް ދަންނަ މީހުންނާއި ރަހުމަތްތެރިންނާއި ގާތް މީހުން، އަދި އަޅުގަނޑުމެންގެ ރަހުމަތްތެރިކަމެއް ނެތެއްކަމަކު އަޅުގަނޑުމެންނަކީ މުސްލިމް އަޚުން. އެއީ ހުރިހާ ގާތްތިމާގެ ކަމަކަށްވުރެ މާ ޝަރަފުވެރިކަމެއް.
މުސްލިމް އަޚުންނަކީ. މުޢުމިނުންނަކީ އަޚުންތަކެކޭ. އެހެންވީމާ މުޢުމިނަކަށްޓަކައި މުސްލިމަކަށްޓަކައި ހެޔޮދުޢާކޮށް ތިމާގެ ހިތުން އިޚްލާސްތެރިކަމާއެކު ބަލިވެއުޅޭ މީހަކަށް މުސީބާތެއް ޖެހިފައިވާ މީހަކަށް ނުވަތަ މުސްލިމް އަޚަކަށް އޭނާއަށް ﷲ ހެޔޮގޮތް މިންވަރު ކުރެއްވުން އެދި ދުޢާކުރުމަކީ އެއީ އީމާންތެރިކަމުގެ ސިފައެއް.
ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމް ހަދީޘްފުޅުކުރައްވާފައިވޭ. "މުސްލިމަކު އޭނާގެ އަޚާއަށްޓަކައި އޭނަ ނުވާތަނެއްގައި އިޚްލާސްތެރިކަމާއެކުގައި އޭނާއަށް ހެޔޮ ދުޢާކޮށްފިނަމަ އޭނާއަށް ނޭނގޭ ހާލުގައި އޭނައަށް ނުވެސް އެނގޭ ތިމާ ދުޢާކުރާކަމެއްވެސް. އެހެންނަމަވެސް ތިމާ އޭނާއަށްޓަކައި ހެޔޮ ދުޢާ ކުރަނީ. އެފަދަ ހާލުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ މަލާއިކަތެއް ފޮނުއްވާ އެމަލާއިކަތަކު ވިދާޅުވަމުން ގެންދަވާނެއޭ އެދުޢާކުރާ މީހާއަށް ތިބާއަށްވެސް އެފަދައިން ހުއްޓޭ. ތިބާއަށްވެސް އެފަދައިން ހުއްޓޭ. ތިބާގެ އަޚާއަށް ތިބާ ދުޢާކުރުމުގައި ތިއެދޭ ކަންތައްތަކަކީ ތިބާއަށްވެސް ހުއްޓޭ."
މިސާލަކަށް އަޅުގަނޑުމެން މިދުޢާކުރީ އަޅުގަނޑުމެންގެ ގާތް އަޚަކަށް. ހެޔޮ ރަޙުމަތް ލައްވާންދޭވެ. އޭނާ އެކުރާ މަސައްކަތުގައި ބަރަކާތްލައްވާންދޭ. މިސާލަކަށް މިއަދު ނޫހުގައި އުޅުއްވާ އަޅުގަނޑުގެ ލަތީފްބެ، ކިހާ ދީނީ މަސައްކަތެއް އެބޭފުޅާ އެކުރައްވަނީ މީހުންނަށް ހެޔޮބަސް ފޯރުކޮށްދެއްވުމަށްޓަކައި. އެހެންވީމާ އަޅުގަނޑުމެން މިދުޢާ ކުރަނީ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ އަޅުގަނޑުގެ އަޚް ލަތީފްބެއަށް މާތްﷲ ހެޔޮ ރަޙުމަތްލައްވަވާންދޭވެ! އޭނާ އެކުރާ މަސައްކަތުގައި ބަރަކާތްލައްވާންދޭވެ!
އޭނާއަށް ނުވެސް އެނގޭ މިސާލަކަށް އަޅުގަނޑުމެން އެދުޢާކުރާ ކަމެއް. އޭނާއަށް ނޭނގި މިދުޢާކުރުން މީގައި އިޚްލާސްތެރިކަން ބޮޑީވެސް. އެހެންވީމާ މަލާއިކަތަކު އެދުޢާއަށް އާމީން ވިދާޅުވާނެއޭ. އަދި މާލައިކަތާ ވިދާޅުވަމުން ގެންދަވާނޭ ތިބާއަށްވެސް ހުއްޓޭ އެފަދައިން. ތިބާ ތިދުޢާކުރާ ކަންތަކަށް ހަމަ އެފަދައިން އޮތޭ.
އެހެންވީމާ ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމް ހަދީޘްފުޅުކުރައްވާފައިވަނީ މުސްލިމް އަޚާއަށް ނޭނގި އޭނާއަށްޓަކައި ހެޔޮ ދުޢާ ކުރުމަކީ އެއީ ﷲ އިޖާބަކުރައްވާ ކަމެކޭ އެދުޢާއަކީ އެއީ. އަދި ހަމަ ތިމާގެ އަމިއްލަ ނަފްސަށް އެދޭ ފަދައިން ތިމާގެ އަޚާއަށް އެދުމަކީ އެއީ ހަމަ ބޭނުންތެރިކަމެއް މުހިއްމު ކަމެއް. އެހެންވީމާ ހަޤީޤަތުގައި މިކަމަކީ މިއީ ވަރަށް ގިނަ ފަހަރު އަޅުގަނޑުމެން ހަނދާންނައްތާލާފައިވާ ކަމެއް.
އަޅުގަނޑުމެން މުސްލިމް އަޚަކު ހެޔޮ ދުޢާއަށް އަޅުގަނޑުމެންގެ ގާތު އެދުނަސް ދުޢާއަށް ނޭދުނަސް އަޅުގަނޑުމެން އަޅުގަނޑުމެންގެ އަޚަކު ރަނގަޅު ކަންތައްތަކެއް ކުރަންޏާ ނުވަތަ އޭނާއަށް ހިތާމައެއް މެދުވެރިވާކަން އަޅުގަނޑުމެންނަށް އެނގިއްޖެއްޔާ އަޅުގަނޑުމެން ދުޢާކުރަންޖެހޭނެ.
މިސާލަކަށް މީހަކު ބަލިވި ޚަބަރު ލިބުނީ ސުބްޙާނަﷲ. އަޅުގަނޑުމެންގެ ގާތް އަޚެއް. އަދި ގާތް އަޚެއް ނޫން ނަމަވެސް ބަލިވެއްޖެއްޔާ އޭނާއަށްޓަކައި ހެޔޮދުޢާ ކުރަންވީ. ނަމާދުގައިވެސް ނުވަތަ ނަމާދުން ބޭރުގައިވެސް. އޭނާއަށް ކޮންމެހެން އެނގޭކަށް ނުޖެހޭ ތިބާ އޭނާއަށްޓަކައި ހެޔޮދުޢާކުރާކަމެއް. މީގައި މޮޅުގޮތަކީވެސް އޭނާއަށް ނާންގާ އޭނާއަށްޓަކައި ހެޔޮދުޢާކުރުން. އަދި ނުވަތަ އޭނާ ހެޔޮދުޢާއަށް އެދިއްޖެނަމަ އެހެޔޮ ދުޢާކުރުން ވަރަށް މުހިއްމުކަމެއް އެއީ.
ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމްވަނީ އަޅުގަނޑުމެންގެ މިއުންމަތަށްޓަކައި ހެޔޮދުޢާކޮށްދެއްވާފައި. މިއުންމަތަށްޓަކައި ހެޔޮދުޢާކޮށް ދެއްވާފައިވަނީ. އަދި އެކަލޭގެފާނުގެ އަސްޙާބް ބޭބޭކަލުންނަށްޓަކައި އެކަލޭގެފާނު ދުޢާ ކުރައްވާ. އެހެންވީމާ އަޅުގަނޑުމެން އެބަޖެހޭ އަޅުގަނޑުމެންގެ ރަހުމަތްތެރިންނަށްޓަކައި ހެޔޮދުޢާކުރަން. އަޅުގަނޑުމެން މުސްލިމް އަޚުންނަށްޓަކައި ހެޔޮދުޢާކުރަން. މާތްﷲ އެކަމުގެ ސަބަބުން އަޅުގަނޑުމެންގެ ހަޔާތަށް އަލިކަމާއި ބާއްޖަވެރިކަން މިންވަރުކުރައްވާނެ. އެއީ ވަރަށް މުހިއްމު ކަމެއް. ލޮބުވެތި އަޚުންނާއި އުޚްތުން. މާތްﷲ އަޅުގަނޑުމެންނަށް ހެޔޮ ވިސްނުން ދެއްވައި އަޅުގަނޑުމެންނަކީ ހެޔޮބަސް އަހާ ހެޔޮބަސް ޤަބޫލުކުރާ ބައެއްކަމުގައި ލައްވާށި. އާމީން!
- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދުނޫހަށް ދެއްވި ޚާއްޞަ ދަރުސަކުން
- ދަރުސްގެ ވީޑިއޯ:
(ޑރ. ޝަހީމް އަމިއްލަފުޅަށް މިއަދުނޫހުގެ އެޑިޓަރަށް ވިދާޅުވެފައިވާ ހެޔޮ ބަސްފުޅުތަކަށްޓަކައި ޝުކުރުދަންނަވަމެވެ. މިއަދުނޫހުގައި ދީނީ ލިޔުންތައް ގިނަކުރުމުން މިއަދުނޫހަށް ވަނީ ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައެވެ. އެންމެހައި ބޭފުޅުންގެ އަރިހުން އެދެނީ ހެޔޮ ދުޢާކޮށްދެއްވެވުމަށެވެ! ގޮންޖެހުންތައް ކިތަންމެ ބޮޑެތިވި ނަމަވެސް މިއަދުނޫހުގެ ޕޮލިސީ ބަދަލު ނުކުރަން ވަނީ ނިންމައިފައެވެ! އެކަމުގެ ޔަޤީންކަން އަރުވަމެވެ! އިން ޝާ ﷲ)