"10 އަންހެނުންނާއި ޒިނޭކުރުމަށްވުރެ، އަވަށްޓެރިޔާގެ އަނބިމީހާ އާއި ފާހިޝް ޢަމަލު ހިންގުން އެއީ ނުބައިކަންބޮޑު ޢަމަލެއް" ކަމަށް ރަސޫލް (ޞޢވ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. ވީމާ އަވަށްޓެރިޔާ ރަށުގައި ނުއުޅޭއިރު ނުވަތަ މަސައްކަތު ގޮސް އުޅޭ ވަގުތުތަކުގައި އޭނާގެ އަނބިމީހާގެ ޙުރުމަތް ދަމަހައްޓަން ޖެހޭނެއެވެ. އެއީ އިސްލާމް ދީނުގައި އޮތް ވާޖިބު ކަމެކެވެ.
އަޅުގަނޑުމެންގެ ރާއްޖެއަށް ބަލައިފިނަމަ އަޅުގަނޑުމެން ދިރިއުޅޭ އެޕާޓްމަންޓާއި ޖެހިގެން ހުންނަ އެޕާޓްމަންޓްގައި ރާއްޖޭގައި ޓީޗަރުކަން، ޑޮކްޓަރުކަން، ޕައިލެޓްކަން ކުރާ ބޭރު ޤައުމެއްގެ މުސްލިމް ނޫން މީހަކު ދިރިއުޅެފާނެއެވެ. އެހީމުންނަށް ވެސް ހެޔޮކޮށްހިތައި އިޙްޞާންތެރިވުމަކީ އަޅުގަނޑުމެންނަށް ކުރަން ﷲ ތަޢާލާ އަންގަވާފައިވާ ކަމެކެވެ.
ހަމައެފަދައިން އަވަށްޓެރި މީހާގެ އަނބިދަރިންނަށްވެސް ކަމޭހިތައި ހެޔޮކޮށް ހިތަން ޖެހޭނެއެވެ. އަވަށްޓެރިޔާ ރަށުގައި ނުއުޅޭފަދަ ޙާލަތުގައި އޭނާގެ އަނބިދަރިންނަށް އުނދަގޫކުރުން ފަދަ ކަންކަން ކުރުމަކީ ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަމެކެވެ.
އަވަށްޓެރިންނަށް އުނދަގޫވާވަރަށް ގޭގައި ބާރަށް ލަވަ ނުޖަހާށެވެ! އަދި ކީރިތި ޤުރްއާން ކަމުގައިވީނަމަވެސް ބާރަށް ނުޖަހާށެވެ! އަޑުގަދަވާ ފަދަ މަސައްކަތެއް ގޭގައި ކުރި ނަމަވެސް ކުރަންވާނީ އަވަށްޓެރިންނަށް އުނދަގޫ ނުވާނެ ވަގުތުތައް ބަލައި އެފަދަ ވަގުތުތަކުގައެވެ. މުއުމިނުންގެ ސިފައަކީ އެއީއެވެ.
"ﷲ ލޯބިވެވޮޑިނަވައޭ އިންސާނާ ދެކެ، އޭނާގެ ނުބައި އަވަށްޓެރިއެއްވާ މީހާ، (އެއީ ނުބައި އަވަށްޓެރިއެއް) ނަމަވެސް އެކަމުގެ މައްޗަށް އޭނާ ކެތެރިވެ، އެކަން ތަޙައްމަލުކޮށް، އަވަށްޓެރިޔާގެ ޙައްޤަކަށް ނާރައި، ﷲ ތައާލާގެ ޙަޟްރަތުން ޘަވާބާއި ދަރުމަ އެދިގެން ހުރިހައި ހިނދަކު،" ޙަދީޘްފުޅުގައި އޮތީ މިފަދައިންނެވެ.
ވީމާ ޚާއްޞަކޮށް މިފަދަ ބަރަކާތްތެރި ރަމަޟާން މަހު އަވަށްޓެރިޔާ ހުރީ ކައިގެންތޯ ބަލައި އޭނާއަށް ހެޔޮކޮށް ހިތުމަކީ ވަރަށް މުހިންމު ކަމެކެވެ.
- ޑޜ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދުނޫހަށް ދެއްވި ޚާއްޞަ ދަރުސަކުން
--ދަރުސްގެ ވީޑިއޯ: