ކޮރޯނާ ވައިރަސް އިން ދިފާޢުވުމަށް ބޭނުންކުރަން ޗައިނާއިން އީޖާދުކުރި ވެކްސިންގެ ތަޖުރިބާއިން އުންމީދުތައް އިތުރުވެފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.
ތަޖުރިބާ ކުރުމުގެ ގޮތުން ވެކްސިން ދެވުނު 100 އަށްވުރެ ގިނަ މީހުންގެ ތަޖުރިބާއަށް ބަލާއިރު ވެކްސިނަކީ ކާމިޔާބު ވެކްސިނަކަށްވުމުގެ ފުރުޞަތު އެބައޮތެވެ. ނަމަވެސް ގޮތް ނިންމަން އަދި ތަންކޮޅެއް އަވަހެވެ.
ޗައިނާއިން ބުނެފައިވަނީ ވެކްސިންގެ ކާމިޔާބީ ޔަޤީންކުރެވުމުން ދުނިޔެއާއި ޙިއްޞާ ކުރާނެ ކަމަށެވެ!
އިނގިރޭސިވިލާތާއި އެމެރިކާއިންވެސް ވެކްސިން ތަޖުރިބާކުރާ ކަމުގެ މައުލޫމާތު ލިބެއެވެ. ކޮންމެ ބައެއްގެ ވެކްސިން ކާމިޔާބުކުރެވުނު ނަމަވެސް މިހާރު މިފެންނަ ގޮތުން ދުނިޔޭގެ އެންމެންނަށް ބޭނުންވާ ވަރަށް ވެކްސިން އުފައްދަން ަމއްސލަތަކެއް ކުރިމަތިވާނެއެވެ!