ރޯދަވީއްލި ވަގުތު މިސްކިތަށް ބަޑިޖަހާ 8 މުސްލިމުން ޝަހީދުކުރި މައްސަލަ ހޫނުވަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 33ސ
ރޯދަވީއްލި ވަގުތު މިސްކިތަށް ބަޑިޖަހާ 8 މުސްލިމުން ޝަހީދުކުރި މައްސަލަ ހޫނުވަނީ!

އަފްޣާނިސްތާނުގެ މިސްކިތެއްގައި ރޯދަ ވީއްލިވަގުތު ބަޑިޖަހައި 8 މުސްލިމުން ޝަހީދުކޮށްލައި 12 މުސްލިމުން ޒަޚަމްކޮށްލި މައްސަލަ އަށް އެކަށީގެންވާ ވަރަށް ސަމާލުކަން ނުލިބޭ ކަމަށް ބުނެ ގިނަ ބައަކު މީޑިއާތަކުގައި ކަންބޮޑުވުން ފައުޅުކުރަމުން އެބް ގެންދެއެވެ. 

ޝަހީދުވި މީހުންގެ ތެރޭގައި ތުއްތުކުދިންނާއި އަންހެނުންނާއި އުމުރުން ދުވަސްވި މީހުންވެސް ހިމެނެއެވެ! 

ރިޕޯޓްތައް ބުނާގޮތުން ހަމަލާދީފައިވަނީ އެއް ބައަކު ނަމާދުކުރަން ފެށިތަނާ ޖަމާއަތަށެވެ. އެއިރު އަހެނުންނާއި ކުޑަކުދިން އަދި މުސްކުޅިން ތިބީ ރޯދަވީއްލާށެވެ! ހަމަލާދިން މީހުން ވަނީ ފިލައިފައެވެ. ހަމަލާދީފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ. 

މިއަދު އޮންލައިން