މަޖިލީހުގެ ޖަލްސާތައް ބާއްވަން އެއްވެސް ފަރާތަކުން ހުރަހެއް ނާޅާ! މަޖިލީހުން ޤާނޫނަށް ގޮންޖެހީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
މަޖިލީހުގެ ޖަލްސާތައް ބާއްވަން އެއްވެސް ފަރާތަކުން ހުރަހެއް ނާޅާ! މަޖިލީހުން ޤާނޫނަށް ގޮންޖެހީ!

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބާއްވަން އެއްވެސް ފަރާތަކުން އަދި މިހައިތަނަށް ދެކޮޅުހަދާފައެއް ނުވެއެވެ. ހުރަސް އަޅާފައެއްވެސް ނުވެއެވެ. ކުރިމަތިވެގެން އުޅޭ މައްސަލައަކީ މަޖިޅިހުގެ ރައީސް ޤާނޫނަށް ގޮންޖެއްސެވުމުގެ މައްސަލައެކެވެ.

މަޖިލީހުގެ ޖަލްސާތައް މަޖިލީހުގެ ތަޅުމުގައި ބާއްވަން މަޖިލީހުން ބޭނުންވާނަމަ އެކަން ޑރެކްޓަރު ޖެނެރަލް އޮފް ހެލްތް ސަރވިސަސްގެ އަމުރުތަކުގެ ތެރެއިން ކުރެވޭނެ މަގު އަބަދުވެސް އޮތީ ފަހިކޮށެވެ!

ޑިރެކްޓަރު ޖެނެރަލް އޮފް ހެލްތް ސަރވިސަސްގެ އަމުރުތަކާއި އެއްގޮތަށް ނަގަން ޖެހޭ ހުއްދަތައް ނަގައިގެން ޤާނޫނުގެ ތެރެއިން ޖަލްށާތައް ބޭއްވުމުގެ މަގު ފަހިކޮށް އޮއްވައި ހަމަ އެ ރައްޔިތުންގެ މަޖިލީހުން ޑރެކްޓަރު ޖެނެރަލް އޮފް ހެލްތް ސަރވިސަސްއަށް ދީފައިވާ ބާރުތައް މުގުރައިގެން ކަންކަން ކުރަން އުޅުމަކީ ޤާނޫނު އަސާާސީގެ ރޫޙާއިވެސް ޚިލާފް ކަމެކެވެ.

ރައީސުލްޖުމްހޫރިއްޔާ ވެރިކަމަށް ވަޑައިގަތީވެސް އެމްޑީޕީގެ ތެރެއިންނެވެ. މަޖިލީހުގެ ރައީސް އެ މަޤާމަސް ވަޑައިގަތީވެސް ހަމަ އެމްޑީޕީގެ ތެރެއިންނެވެ! ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮތީވެސް ހަމަ އެމްޑީޕީއަށެވެ!

ވީމާ މިހިންގާ ހަނގުރާމައަކީ ހަމަ ކުރަންޖެހޭ ހަނގުރާމައެއް ކަމާއިމެދު ސުވާލު އުފެދެއެވެ!

މިއަދު އޮންލައިން