ވިހި އަހަރު ކުރިން ހުވަފެނުން ފެނުނީ އެކަނިހުރެ ޠަވާފް ކުރަނިކޮށް، މިއަަހަރު އެކަން ހަގީގަތަކަށް ވެއްޖެ!

ކިޔުމަށް ހޭދަވާނީ 45ސ
ވިހި އަހަރު ކުރިން ހުވަފެނުން ފެނުނީ އެކަނިހުރެ ޠަވާފް ކުރަނިކޮށް، މިއަަހަރު އެކަން ހަގީގަތަކަށް ވެއްޖެ!

މިއީ ފޭސްބުކް ޕޭޖެއް ކަމަށްވާ "އިސްލާމް ޕްރެކްޓިސް" ޕޭޖުން ފެނުނު ޕޯސްޓެކެވެ. 

އޭގައި ކިޔާދީފައިވަނީ މީގެ 20 އަހަރު ކުރިން އޭނާއަށް ފެނުނު ހުވަފެނެއްގެ ވާހަކައެވެ. 

ދީނީ އެހެން ޢިލްމުވެރިންތަކެއްގެ ވެސް ހާޒިރުގައި، ހުވަފެން ތަޢުބީރު ކުރާ ޝެއިޚެއް ގާތު އެހުވަފެން ކިޔައިދިނުމުން، ޝެއިޚް ވިދާޅުވެފައިވަނީ އެއްދުވަހަކުން އޭނާ ކަޢުބަތުﷲ ގެފުޅު އަރިހު އެކަނިހުރެ ޠަވާފް ކުރާނެ ކަމަށެވެ. 

ހުވަފެން ތަޢުބީރު އަޑުއަހާފައި ހޭންފަށާފައި އޭނާ އެދުވަހު ބުނީ އޭނާއަށްޓަކަައި މަޠާފް ހުސްވާނީ ކީއްވެތޯ އާއި އޭނާއަކީ ކާކުތޯ އެވެ.

ނަމަވެސް އޭގެ 20 އަހަރުފަހުން، މިއަހަރު ދިމާވި ކޮވިޑް-19 ގެ ކަންތަކުގެ ސަބަބުން މަސްޖިދުލް ޙަރާމް ހުސްކޮށްފައިވާއިރު، ޠަވާފު ކުރުމަށް ފުރުސަތު ލިބިފައިވަނީ އޭނާއަށް އެކަނި ކަމަށް އެޕޯސްޓުގައި ބުނެފައިވެއެވެ.

އޭނާގެ ހުވަފެން ތަޢުބީރު ކޮށްފައިވަނީ ޝެއިޚް މުޙައްމަދު އަލް-ރޫމީ އެވެ.

މިއަދު އޮންލައިން