އިނގިރޭސިވިލާތުގައި ޙިޖާބް ނުވަތަ ބުރުގާ އެޅި ފުރަތަމަ ފަނޑިޔާރަކަށް އުމުރުފުޅުން 40 އަހަރުގެ ރަފާ އަރުޝާދު ވެވަޑައިގެންފިއެވެ.
ރަފާ އަރުޝާދަށް މިދިއަ ހަފްތާގައި ވަނީ މިޑްލޭންޑްސް ސާކިޓްގެ ޑިޕިޔުޓީ ޑިސްޓރިކްޓް ޖަޖްގެ މަޤާމް ލިބިވަޑައިގެންފައެވެ.
ރަފާ ދެކެވަޑައިގަންނަވާ ގޮތުގައި ގިނަ އަދަދެއްގެ ބައަކު އެހެން ދީންތަކުން އިސްލާމް ދީނަށް ވަންނަމުންދާއިރު އިސްލާމީ މިންތަކާއި އިންތަކުގައި ހިފަހައްޓައިގެން ތިބެ ކުރިއަށް ދެވޭނެކަން އަނގައިދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.
"އަހަރެން މިއަދުގެ ޒުވާން މުސްލިމް އަންހެންކުދިންނަށް އަންގައިދޭން ބޭނުންވަނީ މުސްލިމުންގެ ގޮތުގައި ތިބެ ޙާޞިލުނުކުރެވޭނެ މަޤާމެއް އަދި ދަރަޖައެއްވެސް ނެތްކަން! މުސްލިމް އަންހެނުން މުސްލިމުންގެ ގޮތުގަ ތިބެގެން ކުރިއަށްދާންވީ. އެނގިގެން މިދަނީ ފުރުޞަތު އެބައޮތްކަން!!"
"އަދި ބުނަން! އަހަރެންނަށް މި މަޤާމް ލިބުނީ ބުރުގާ އެއް ނޫން! ޙައްޤަށް ވަކާލާތުކުރުމުގަ ސާބިތުވެ ހުރީތީ! އަދި އިސްލާމް ދީނުގަ އޮތް މަގުގަ ސާބިތުވެ ހުރީތީ ﷲ ދެއްވެވި މަޤާމެއް މިއީ! ﷲ ގެ މަގުގަ ސާބިތުވެ ތިބެންވީ މުސްލިމުން! ކާމިޔާބު އަންނާނެ އެއިރުން އެމީހެއްގެ ފަހަތުން!"

"އަހަރެން ކޯޓަށް ވަންނަތަން ފެނުނީމަ އެހެން ގޮތަކަށް ބަލާނެ ބައަކު ވެސް ތިބެދާނެ ކަންބޮޑެއް ނުވަން! އަހަރެން މިހިރީ ﷲ ގެ މަގުގަ! ﷲ އެންގެވިގޮތަށް ފޭރާން ލައި ނިވާވެގެން!"
ރަފާ އަކީ އަންހެނުންނާއި ކުޑަކުންދިންގެ އަދި ޢާއިލީ މައްސަލަތަކުގައި އިސްލާމީ ޝަރީޢާއިން ވަކާލާތުކުރެއްވުމުގައި 15 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭކަނބަލެކެވެ.
ރަފާ ފަދަ ބުރުގާ އަޅާ އަންހެނަކަށް މިފަދަ މަޤާމެއް ލިބިވަޑައިގަތުމުން މުޅި ދުނިޔޭގެ ސަމާލުކަމަށް މިއަދު ވަނީ އެކަން އައިސްފައެވެ. ދުނިޔޭގައި ކުރިއަށް ދެވޭނީ އަޢުރަ ދެއްކި ވަރަކަށް ކަމަށް ޤަބޫލުކުރާ އަންހެނުންނަށް މިއަދު މިވަނީ ރަނގަޅު ފިލާވަޅެއް ލިބިފައެވެ! މަޤާމު މަތިވާ ވަރަކަށް އަޅާ ބުރުގާ ކުޑަކުރާ އަންހެނުންނަށްވެސްމެއެވެ.
ރާއްޖޭގެ އަންހެން ފަނޑިޔާރުންނަށްވެސް ރަފާގެ މިބަސްފުޅުތަކުން ޢިބްރަތެއް ލިބިވަޑައިގަންނަވަނެ ކަމަށް އުންމީދުކުރެވެއެވެ!