ތިމަރަފުށީގައި މަގުމައްޗަށް ވެއްޓިފައި އޮތް ހާއްސަ އެހީއަށް ބޭނުންވާ މީހެއްގެ ފޯނު ވަގަށް ނަގައިފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 31ސ
ތިމަރަފުށީގައި މަގުމައްޗަށް ވެއްޓިފައި އޮތް ހާއްސަ އެހީއަށް ބޭނުންވާ މީހެއްގެ ފޯނު ވަގަށް ނަގައިފި!

މަގުމައްޗަށް ވެއްޓިފައި އޮތް ހާއްސަ އެހީއަށް ބޭނުންވާ މީހެއްގެ ފޯނު ވަގަށް ނެގިމައްސަލައެއް ހުށަހަޅާފައިވާކަމަށް ފުލުހަށް ބުނެފިއެވެ.

މިކަމާގުޅިގެން ފުލުހުން ބުނެފައިވަނީ ތ. ތިމަރަފުށީގައި ހާއްސަ އެހީއަށް ބޭނުންވާ މީހެއް މަގުމަތީ ވެއްޓިފައި އޮއްވާ އޭނާގެ ޖީބުގައި އޮތް މޯބައިލް ފޯނު ވަގަށް ނެގި މައްސަލަ އިއްޔެ ފުލުހަށް ހުށަހަޅާފައިވާކަމަށެވެ.

ފުލުހުން ބުނެފައިވަނީ މިފޯނު ވިއްކަން އުޅެނިކޮށް އަތުލައިގަނެ ފޯނުގެ ވެރިފަރާތާ ފޯނު ހަވާލުކޮށްފައިވާ ކަމަށާއި މި މައްސަލާގައި 2 މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.

މިވައްކަމުގައި ހިމެނެނީ 30 އަހަރުގެ ދިވެހި ފިރިހެނަކާއި 20 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިއަދު އޮންލައިން