ހައްދުފަހަނައަޅާފައިވާ ޔަހޫދީން ބުއްދި ހަަމަނުޖެހޭ ފަސްތީނު މީހެއްގެ ގައަށް ބަޑިޖަހާ ޝަހީދުކޮށްލައިފި އެވެ.
މިއަދު ދިން މި ޙަމަލާ އާއި ގުޅިގެން ހައްދުފަހަނައަޅާފައިވާ ޔަހޫދީ ސިފައިން ފުރަތަމަ ބުނީ އޭނާގެ ގައަށް ބަދިޖެހީ އަތުގައި ފިސްތޯލައެއް އޮތުމުން ކަމަށެވެ. ނަމަވެސް ފަހުން ބުނީ އެފަދަ އެއްޗެއް އޮތް ކަމަށް ޝައްކުވެގެން އޭނާ ހިނގާފައި ދަނިކޮށް އޭނާފަހައި ކާރުދުއްވުމުން މަޑުނުކުރުމުން ބަޑިޖެހީ ކަމަށެވެ.
އިޒްރޭލް ޓީވީން ފަހުން ބުނީ އޭނާގެ އަތުގައި އެފަދަ އެއްވެސް އެއްޗެއް ނެތް ކަމަށާއި އޭނާއަކީ ސިކުނޑި ހަމަނުޖެހޭ މީހެއް ކަމަށެވެ.