މަސްޖިދުއް ނަބަވީ ހުޅުވުމުން ހުއްދަދިން ސަރަހައްދު ފުރާލައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 34ސ
މަސްޖިދުއް ނަބަވީ ހުޅުވުމުން ހުއްދަދިން ސަރަހައްދު ފުރާލައިފި!

ރޭގެ ފަތިސް ނަމާދަށް މަސްޖިދުއްނަބަވީ ހުޅުވައިލުމާއިއެކު ގިނަ އަދަދެއްގެ މީހުން ނަމާދަށް ގޮސް ހުއްދަދީފައިވާ ސަރަހައްދުގެ ބޮޑުބައެއް ފުރައިލި ކަމަށް ޚަބަރުތައް ލިބެއެވެ.

ރޭގެ ފަތިސް ނަމާދަށްފަހު ޝައިޚް ޑރ. ޢަލީ އަލްހުޛައިފީ ވަނީ ޚާއްބަ ދަރުސެއް ދެއްވައިފައެވެ.

ފަތިސް ވެގެންއައިއިރު ގިނަ އަދަދެއްގެ މީހުން ވަނީ ޙަރަމްފުޅަށް ވަނުމަށް ކިޔޫ ހަދައިފައެވެ. ނަމާދަށް މީހުން ވެއްދީ ހުމަށް ސްކޭންކުރުމަށްފަހުގައެވެ. އެންމެންވެސް ތިބީ ގައި ދުރުކޮށް އަދި މާސްކް އަޅައިގެންނެވެ.

މަސްޖިދުއްނަބަވީ އަލުން ހުޅުވާފައިވަނީ ޞިއްޙީ ގޮތުން ރައްކައުތެރިކަމުގެ ފިޔަވަޅުތައް އެޅުމާއިއެކުގައެވެ.

މިއަދު އޮންލައިން