ޤާނޫނު އަސާސީ އިސްލާހު ކުރާ ޖަލްސާ މާދަމާ ރޭ މެންދަމަށް އެޖެންޑާކޮށްފި!

ކިޔުމަށް ހޭދަވާނީ 50ސ
ޤާނޫނު އަސާސީ އިސްލާހު ކުރާ ޖަލްސާ މާދަމާ ރޭ މެންދަމަށް އެޖެންޑާކޮށްފި!

ޤާނޫނު އަސާސީގެ 231 ވަނަ މާއްދާއަށް އިސްލާހު ގެނެސް މިހާރު ތިބި ކައުންސިލަރުންގެ މުއްދަތު އިތުރުކުރުމަށް ބާއްވާ ޚާއްސަ ޖަލްސާ މާދަމާރޭ މެންދަމު ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުން އެޖެންޑާ ކޮށްފިއެވެ.

މިޖަލްސާ ބޭއްވުމަށް އެޖެންޑާ ކޮށްފައިވަނީ މާދަމާ މެންދަމު 1:30 ގައެވެ.

މިއިސްލާހު ގެންނަން ހުށައަޅާފައި ވަނީ ކޯވިޑް19 އާއި ގުޅިގެން ދިމާވި ޚާއްސަ ހާލަތުގެ ސަބަބުން ލޯކަލް ކައުންސިލް އިންތިޚާބު ކަނޑައަޅާފައިވާ ތާރީޚުގައި ބޭއްވޭގޮތް ނުވުމުން މިހާރު ތިއްބެވި ކައުންސިލަރުންގެ ދައުރު އިތުރު ކުރުމަށެވެ. 

އެކައުންސިލަރުންގެ ދައުރު ހަމަވާނީ މިފެށުނު ޖޫން މަހުގެ 2 ވަނަ ދުވަހުގެ ރޭ 00:00 އަށެވެ.

މާދަމާ މެންދަމު ބާއްވާ މިޖަލްސާގައި ޤާނޫނު އަސާސީއަށް މަޖިލިހުން ގެންނަ އިސްލާޙާއި، އިތުރު ކުރެވޭ މިމުއްދަތުގައި ކައުންސިލަރުން އަމަލު ކުރާނެ ޚާއްސަ ބިލް އެއް ވެސް ރައްޔިތުންގެ މަޖިލިހުން ފާސްކުރަން ޖެހޭނެއެވެ.

މިއަދު އޮންލައިން