އެމެރިކާ ސިފައިން ބަޑިޖަހާ ނޫސްވެރިއެއްގެ އެއް ލޯ "ދުއްވާލައިފި!"

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
އެމެރިކާ ސިފައިން ބަޑިޖަހާ ނޫސްވެރިއެއްގެ އެއް ލޯ "ދުއްވާލައިފި!"

އެމެރިކާގައި މިހާރު ކުރިއަށް ގެންދާ މުޒާހަރާތަކުގެ ތެރެއިން އެމެރިކާ ސިފައިން ނޫސްވެރިއެއްގެ ލޮލަށް ބަޑިޖެހުމުން އެ ލޮލުގެ ފެނުން ގެއްލިއްޖެ އެވެ.

ގާޑިއަންގެ ފޮޓޯ ޖާރނަލިސްޓް ލިންޑާ އަށް ދިން މިހަމަލާ އާއި ގުޅިގެން ބުނަމުން ގެންދަނީ އެއީ އޭނާއަށް ޤަޞްދުގައި ސިފައިން ދިން ޙަމަލާއެއް ކަމަށެވެ.

ޙަމަލާ އާއި ގުޅިގެން ޑޮކްޓަރުން އޭނާގެ ލޯ ސަލާމަތްކުރެވޭތޯ އިމަރޖެސީގައި އޮޕަރޭޝްން ކުރިއެވެ. ނަމަވެސް އޮޕަރޭޝަން ކާމިޔާބު ނުވެ ލޮލުގެ ފެނުން ވަނީ ގެއްލިފައެވެ.

އެމެރިކާގައި މިފަދަ ލާއިންސާނީ ޖަރީމާތައް ހިންގުން އަބަދުވެސް ކުރިއަށް ގެންދަމުން މިފަދަ އަމަލުތައް އިންތިހާއަށް މަދު މި ދިވެހި ރާއްޖޭގައި މިފަދަ ކަންކަން ނުކުރުމަށް ގޮވާލުމުގެ ނަމުގައި އެމެރިކާއިން ގެންދަނީ ތަފާތު ޙަރަކާތްތައްހިންގަމުންނެވެ.

މިއަދު އޮންލައިން