އިންސާނުންނަކީ މިހައި އަނިޔާވެރި ބައަކަށް ވެފައި މިވަނީ ކީއްވެގެން ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
އިންސާނުންނަކީ މިހައި އަނިޔާވެރި ބައަކަށް ވެފައި މިވަނީ ކީއްވެގެން ހެއްޔެވެ؟

އަލަނާސިއެއްގެ އެތެރެއަށް ގޮވާތަކެތި އެޅުމަށްފަހު މާބަނޑު އެތަކަށް ކާންދީ އެތް މަރާލައިފިއެވެ. އެތް ބަނޑުހައިވެފައި އޮތްވަރުން އަލަނާސި ކާން ހަފައިލިތަނުން ކަރުބުޑުގައި އެއްޗެތިތައް ގޮވައި މަރުވީއެވެ.  

ސުވާލަކީ އިންސާނުންނަކީ މިހައި އަނިޔާވެރި ޢަމަލުތައް ކުރާ ބައަކަށް ވެގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟ ހަމައެކަނި ތިމާއަށް އުނދަގޫ ޖަނަވާރުތައް މަރަނީއެއް ނޫނެވެ! މެރުނުހައި ގޮތަކަށް އިންސާނުން ވެސް މަރަނީއެވެ.  

ދީނީ ގޮތުން ތަފާތުވުމުންނާއި ނަސްލު ތަފާތުވުމުންވެސް މަރަނީއެވެ. ގައިގެ ކުލަ ތަފާތުވުމުން ވެސް މަރަނީއެވެ! އިންދިއާގައި މުސްލިމަކަށް ވީތީ އަނިޔާކޮށް މެރުންވެސް ވަނީ އިންތިހާއަށް ގިނަވެފައެވެ. މިއަދު އިންސާނުންގެ އަނިޔާވެރިކަން މިވަނީ ހައްދުފަހަނައަޅައިފައެވެ. ސުވާލަކީ އެއީ ކީއްވެގެން ހެއްޔެވެ؟  

މި އަނިޔާވެރި އަމަލު ހިންގާފައިވަނީ އިންޑިއާގެ ކެރަލާގެ އަވަށެއްގައެވެ. ކެރަލާއަކީ އިންޑިއާގެ ނިޞްތުން އެންމެ ތައުލީމީ މީހުން ގިނަ އެންމެ ހޭލުންތެރި ބައަކު ދިރިއުޅޭ ސްޓޭޓެވެ!

މިއަދު އޮންލައިން