މިއަހަރު ހައްޖަށް މީހުން ނުފޮނުވަން ފުރަތަމަ ނިންމި ޤައުމަކަށް އިންޑޮނޭސިއާ ވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
މިއަހަރު ހައްޖަށް މީހުން ނުފޮނުވަން ފުރަތަމަ ނިންމި ޤައުމަކަށް އިންޑޮނޭސިއާ ވެއްޖެ!

މިއަހަރުގެޙައްޖު މޫސުމުގައި ޙައްޖުވުމަށް ސައުދިޢަރަބިޔާއަށް އެއްވެސް ރައްޔިތަކު ނުފޮނުވަން ފުރަތަމަ ނިންމި ޤައުމުކަމަށް އިންޑޮނޭސިއާ ވެއްޖެއެވެ.

ދީނީ މިނިސްޓަރު ފަޗުރުލްރާޒީ ވިދާޅުވީ އިސްލާމް ދީނުގައި އެންމެ ބޮޑަށް މުހިންމުކަން ދީފައިވަނީ މީސްތަކުންގެ ފުރާނަ ސަލާމަތްކުރަން ކަމަށްވުމުން މީސްތަކުންގެ ފުރާނައަށް ގެއްލުންވެދާނެ ކަމުގު ބިރު އޮތުމުން މިއަހަރު ޙައްޖަށް މީހުން ނުފޮނުވައި މަޑުޖައްސާލަން ސަރުކާރުންނިންމީ ކަމަށެވެ. 

"ﷲ ވާގިފުޅާއިއެކު އަހަރެމެން ހައްޖަށް ދާނީ އަންނަ އަހަރު. އަދި ދުނިޔޭގެ ޙާލަތު މިފެންނަނީ މުޅި ދުނިޔޭގެ ހުރިހާ ޤައުމެއްގެ މީހުންނަށް އެއްވެ އުޅެވިދާނެ ގޮތަކަށް ނޫން! އަދި ދާން އޮތް މައްކާގެ ޙާލަތު އިންތިހާއަށް ގޯސް! ވީމާ މިއެޅީ ރައްކައުތެރިކަމުގެ ގޮތުން ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެއް! 

ދުނިޔޭގެ ނިޞްބަތުނަ ބެލިނަމަވެސް މުސްލިމުންގެ ޢަދަދު އެންމެ ގިނައީ އިންޑޮނޭސިއާ ގައެވެ. އިންޑޮނޭސިއާއަށް މިއަހަރު ވަނީ 221،000 މީހުންގެ ޙައްޖު ކޯޓާ ލިބިފައެވެ. ނަމަވެސް ސަރުކާރުގެ މިނިންމުމުގެ ސަބަބުން އެއްވެސް މީހަކަށް މިއަހަރު ހައްޖަކަށް ނުދެވޭނެއެވެ!

މިއަދު އޮންލައިން