އޭނާއަކީ ޙާފިޡެކެވެ. އޭނާއަށް ލިބިފައިވާ ވަޒީފާއަކީ މިސްކިތު މަސައްކަތު މީހެއްގެ ވަޒީފާއެވެ. ވީޑިއޯ އިން ފެންނަނީ މިސްކިތުގައި މޮޕްލަމުން ކީރިތި ޤުރްއާން ކިޔަވާ މަންޒަރެވެ! ސަޖިދަވަޅު އައުމުންސަޖިދަކުރާ މަންޒަރެވެ!
ކޮންމެ މީހަކީ ޙާފިޡެއް ނޫނެވެ. ނަމަވެސް އަޅުގަނޑުމެން ކޮންމެ މީހަކީވެސް ކީރިތި ޤުރްއާނުން މިންވަރެއް އެނގޭ މީހެކެވެ. އިން ޝާ ﷲ! ހަމަ އެއާއިއެކު ޛިކުރުތައްވެސް އެނގެއެވެ. ވީމާ ކޮންމެ މަސައްކަތެއްގައި އުޅުނު ނަމަވެސް ޘަވާބު ލިބޭނެ ޢަމަލެއްގެ މަތީގައި ތިބުން ކީއްތޯއެވެ؟
ކީރިތި ޤުރްއާން ކިޔަވައި ޘަވާބު ލިބޭނެ ޢަމަލުތައް ކުރުމަކީ ކުރަންހުރި ހުރިހާ މަސައްކަތްތަކެއް ކޮށް ނިމުމުން ކުރާ ކަމެއް ކަމުގައި ނުހަދަމާތޯއެވެ!
ގުޅުންހުރި ވީޑިއޯ: