މެލޭސިޔާ އަންހެނަކު ބަލިވެއިނުމަށްފަހު ދަރިފުޅުގެ ކުރިން ފިރިމީހާއަށް ދެވަނަ އަންތބަކު ހަދިޔާކޮށްފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
މެލޭސިޔާ އަންހެނަކު ބަލިވެއިނުމަށްފަހު ދަރިފުޅުގެ ކުރިން ފިރިމީހާއަށް ދެވަނަ އަންތބަކު ހަދިޔާކޮށްފި!

ވަރަށް މަދު އަންހެނަކު ނޫނީ އެންމެ ނަފްރަތުކުރާނެ އެއް ކަމަކީ ފިރިމީހާ ދެވަނަ ކައިވެންޏެއް ކުރުމެވެ. ނަމަވެސް މެލޭސިޔާގެ އަނހެނަކު ކަމަށްވާ ޚުޒަތުލްއަތިޤާ އަމަލުކުރީ ވަރަށް ތަފާތު ގޮތަކަށެވެ. 

ބަލިވެ އިނދެ ދުވަސްކޮޅެއްފަހުން އޭނާ ދޭތެރެދޭތެރެއިން ބަލިވާން ފެށިއެވެ. ބަލިވުމުން ފިރިމީހާއަށް ޖެހެނީ މަސައްކަތުން ނިމިގެން އައިސް ގޭތެރޭގެ މަސައްކަތްތައް ކުރާށެވެ! މިކަމަށް އޭނާއަށް ކެތް ނުކުރެވިގެންވަރަށް ލޯބިން ފިރިމީހާ އާއި ސުވާލުކޮށްލިއެވެ. "ދެވަނަ އަންތބަކު ބޭނުންހެއްޔެވެ؟" މި ސުވާލާއި ގުޅިގެން ފިރިމީހާ ދުލުން ޖަވާބެއް ނުދެއެވެ. ނަމަވެސް ހިނިތުންވެލިއެވެ. 

ފިރިމީހާގެ ކިބައިން ލިބުނު ޖަވާބާއިއެކު އޭނާ މަސައްކަތްފެށީ ފިރިމީހާއަށް ދެވަނަ އަންބެއް ހޯދައި ދިނުމަށެވެ. ބުރަ މަސައްކަތުން ހޯދީ ދަރިއަކު ބަލަމުންގެންދާ އެކަނިވެރި މައެކެވެ. ދެމީހުންނަކީ ކުރިން ދަންނަވެސް ދެ މީހުންނެއް ނޫނެވެ. އެކަނިވެރި މައިންގެ ސޯޝަލްމީ ކައިވެނި ވަނީ ކުރެވިފައެވެ. މިހާރު ދެ އަނބިންވެސް އުޅެނީ އެއްގޭގައެވެ. 2 "ބެސްޓް ފްރެންޑުން"ގެ ގޮތުގައެވެ. 

ޚުޒަތުލްއަތިޤާ ބުނެފައިވަނީ އޭނާގެ ފިރިމީހާއަށް އިތުރު އަންތބަކު ހޯދައިދިނީ އޭނާއަށް ބަލިވެއުޅެން ޖެހުމުން ފިރިމީހާ އަށާއި ދެން ތިބި ދަރިންނަށް ބޭނުންވާ ކަންކަން ވީހައި ރަނގަޅަކަށް ކުރަން ބޭނުންވާތީ ކަމަށެވެ. 

"ދެ އަނބިންގެ ވެސް ނިޔަތަކީ ރަނގަޅު ނިޔަތެއް ނަމަ އެކަމުން އެއްވެސް މައްސަލައެއް ކުރިމަތިވާނެ ކަމަށް ޤަބޫލުނުކުރާ" ކަމަށްވެސް އޭނާ ބުނެފައިވެއެވެ. 

މިއީ ވަރަށް ނޫނީ މެދުވެރިނުވާކަމަކަށްވާތީ މިކަން ވަނީ ދުނިޔޭގެ ބައެއް މީޑިއާތަކުގެ ސަމާލުކަމަށް އައިސްފައެވެ.

މިއަދު އޮންލައިން