ލޮކްޑައުން ޙާލަތުގަ މިސްކިތެއްގެ އިމާމް ނަމާދަށް ހުއްޓާ ވޮލެޓް ވަގަށްނެގި މައްސަލައެއް ބަލަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 33ސ
ލޮކްޑައުން ޙާލަތުގަ މިސްކިތެއްގެ އިމާމް ނަމާދަށް ހުއްޓާ ވޮލެޓް ވަގަށްނެގި މައްސަލައެއް ބަލަނީ!

ލޮކްޑައުންގެ ހާލަތުގައި މާލެސިޓީ ވަނިކޮށް މިސްކިތެއްގެ އިމާމުގެ ވޮލެޓް ވަގަށް ނެގި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ މައްސަލަ ހުށަހަޅާފައިވަނީ މޭމަހުގެ 26 ވަނަ ދުވަހު ކަމަށެވެ. 

އިމާމުގެ ވޮލެޓާއި ފޯނުވެސް ވަގަށް ނެގިއެވެ. ނަމަވެސް ފޯނު އޮތީ ވަގުކަލޭގެ އަތުން މިސްކިތްތެރެއަށް ވެއްޓިފައެވެ. 

މީގެ އިތުރުން ހަމަ އެ މިސްކިތުގައި ރަމަޟާން މަހު ހެނދުނު މަސް ރިހަ އާއި ފަރާޓާއާއި އަދި ފެންފުޅިއަކަށް ކުޑަކަމު ދިއުމަށްފަހު މިސްކިތުގައި ބަހައްޓާފައި ހުރި މައްސަލައެއްގައިވެސް ފުލުހުން ވަނީ މިސްކިތަށް ގޮސް ބަލަންޖެހޭ ކަންކަން ބަލައިފައެވެ.

މިއަދު އޮންލައިން