އަހަރެންނަކީ މުސްލިމެއްނޫން! ނަމަވެސް އެންމެ "ބެސްޓް" އިންސާނަކީ މުޙައްމަދު ޞޢވ!: ޗިޗަރިޓޯ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
އަހަރެންނަކީ މުސްލިމެއްނޫން! ނަމަވެސް އެންމެ "ބެސްޓް" އިންސާނަކީ މުޙައްމަދު ޞޢވ!: ޗިޗަރިޓޯ

"އަހަރެންނަކީމުސްލިމެއް ނޫނެވެ! ނަމަވެސް އަހަރެން ޤަބޫލުކުރާ ގޮތުގައި އެންމެ "ބެސްޓް" އިންސާނަކީ ރަސޫލާ މުޙައްމަދު (ޞޢވ)" ކަމަށް މަޝްހޫރު ފުޓްބޯޅަކުޅުންތެރިޔާ ޗިޗަރިޓޯ ބުނެފިއެވެ. 

މެންޗެސްޓަރ ޔުނައިޓެޑްގެ ސްޓްރައިކަރ ޖޭވިއަރ ހަރނަންޑެޒް ބަލްކަޒަރ (މަޝްހޫރު ނަމުން ނަމަ ޗިޗަރިޓޯ) އަކީ އިނގިރޭސި ޕްރީމިއަރ ލީގުގައި ކުޅޭ ފުރަތަމަމެކްސިކޯގެ ކުޅުންތެރިޔާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އޭނާއަކީ 2010 ވަަނ ފިފާ ވޯލްޑްކަޕް މުބާރާތާއި އެނޫންވެސް ދުނިޔޭގެ ބައެއް ބޮޑެތި މުބާރާތްތަކުގައި ކުޅެފައިވާ މަޝްހޫރު ކުޅުންތެރިއެކެވެ.

ރަސޫލް (ޞޢވ) އަށް އެހެން ދީންތަކުގެ ގިނަ ބައަކު އަބަދުވެސް ތަޢްރީފެކުރެއެވެ. އެކަމުން އެނގިގެންދަނީ އިސްލާމްދީނާއި ރަސޫލް (ޞޢވ)ގެ ޝަޚްޞިއްޔަތުގެ މަތިވެރިކަމެވެ. ﷲ ތަޢާލާ ރަސޫލް (ޞޢވ) ލައްވަވާފައިވަނީ އެންމެމަތިވެރި އިންސާނާ ކަމުގައެވެ.

އިސްލާމް ދީނަށް ތަބަޢަވުމުން އެކަމުގެ ފައިދާ ކުރާނީ އެމީހަކަށެވެ!

"އަދި އީމާންވެ، ޞާލިޙް ޢަމަލުތައްކޮށް، އަދި މުޙައްމަދުގެފާނުގެ މައްޗަށް ބާވައިލެއްވި ފޮތް އެއީ، އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުން އައި ޙައްޤު ބަސްފުޅުކަމަށް އީމާން ވި މީހުން (ދަންނާށެވެ!) އެކަލާނގެ އެއުރެންގެ ކުށްފާފަތައް އެއުރެންގެ ކިބައިން ފުއްސަވައި، އަދި އެކަލާނގެ، އެއުރެންގެ ޙާލް ތައް އިޞްލާޙް ކުރެއްވިއެވެ." (މުޙައްމަދު: 2)

 

މިއަދު އޮންލައިން