އިސްލާމްދީން ފެތުރުނަ ނުދިނުމަށް އެންމެބޮޑަށް މަސައްކަތްކުރަމުން އަންނަ އެއްޤައުމުކަމަށްވާ އޮސްޓްރޭލިއާގެ ކްއީންސްލަންޑުގެ އެމްޕީ ޖޭސަން ކޮސްޓިގަންގެ އަންހެން ދަރިފުޅު ބްރިއާނާ އިސްލާމް ވެއްޖެއެވެ.
ޢުމުރުން 19 އަހަރުގެ ބްރިއާނާ އިސްލާމްވިކަން އިއުލާނުކުރިއިރު މިދިއަ އަހަރު އޭނާ އާއި އޭނާގެ ފިރިމީހާގެ މައްޗަށް ވަނީ ޑްރަގް ޑީލްކުރި މައްސަލައެއް ސާބިތުވެފައެވެ. ބްރިއާނާގެ ފިރިމީހާއަކީ ވެސް މުސްލިމެކެވެ.
އިސްލާމްވުމަށްފަހު ބުރުގާއެޅި ފޮޓޯއަކާއިއެކު އެކަން އިޢުލާނުކުރަމުން ފޭސްބުކްގައި ކުރިން ހުރި ޕޯސްޓްތައް ވެސް ވަނީ ޑިލީޓްކޮށްފައެވެ. ލިޔެފައިވަނީ "ﷲ ގެ ނިންމެވުމާމެދު ސުވާލު ނުކުރޭ! ހުރިހާ ކަމަކަށް އލަޙްމްދުލިﷲ!" މިފަދައިންނެވެ.
އިސްލާމްވުމަކީ ކުރިން ކުރެވިފައިވާ ފާފަތައް ފުހެވިގެންދާ ކަމެކެވެ. މުސްލިމުންނަށް ލިބޭ އުފަލަކީ އިސްލާމް ދީން ފެތުރުނަ ނުދިނުމަށްއޮސްޓްރޭލިއާ އިން އެހައިވަރަށް މަސައްކަތްކުރާއިރުވެސް އިސްލާމްވާ ޒުވާނުންގެ ޢަދަދު އިތުރުވަމުން އަންނަކެމެވެ. ބޮޑުންގެ ދަރިންވެސް އިސްލާމްވަމުން އަންނަކަމެވެ.