ސްޕޭނުގެ ރަށެއްކަމަށްވާ ސެވިލެ ގައި މިސްކިތެއް އަޅަން ކުރީގެ ފުޓްބޯޅަކުޅުންތެރިއެއް ކަމަށްވާ ފްރެޑް ޢުމަރު ކަނައުޓެ 12 މިިލިއަން ޔޫރޯ (ގާތްގަނޑަކަށް 13.1މިލިއަން ޑޮލަރު) ހޯދައިފިއެވެ.
އެރަށުގައި މުސްލިމުން ނަމާދުކުރާނެ ރަސްމީ މިސްކިތެއް ނެތްތާ މިހާރުވަނީ 800 އަހަރުވެފައެވެ. ސްޕޭންގެ މުސްލިމުންގެ އާބާދީއަކީ 2 މިލިއަނެވެ. އެއިގެ ތެރެއިން 30،000 މީވހުން ދިރިއުޅެނީ ސެވިލެގައެވެ.
ޢުމަރު އެ ސިޓީގެ މުސްލިމްފައުންޑޭޝަނާއި ގުޅުނީ މިދިއަ އަހަރުއެވެ. އޭނާ ބުނީ އަވަށުގައި މިސްކިތެއް، އިސްލާމީ މަރުކަޒެއް ނެތުމުން މުސްލިމުން އުފުލާ ދަތިތަކަށް ޙައްލެއް ލިބިގެންދާނެ ކަމަށެވެ.