11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
މިކަމާގުޅިގެން ފުލުހުން ބުނެފައިވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 38 އަހަރުގެ ފިރިހެނެއް ކަމަށެވެ.
މިމައްސަލާގައި ޖިންސީ ގޯނާގެ ޝިކާރައަކަށް ވީ އަންހެން ކުއްޖާއަށް އެހީތެރިކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިކުއްޖާ ރައްކާތެރި މާހައުލަކަށް މިހާރު ބަދަލު ކުރެވިފައިވާއިވާކަމަށާއި އަދި މިމައްސަލަ ހާއްސައިސްކަމެއް ދީގެން ތަހުޤީޤް ކުރަމުން ދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.