ކުޅުދުއްފުށިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 36ސ
ކުޅުދުއްފުށިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

 ކުޅުދުއްފުށިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށީގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ޖޫން މަހުގެ 12 ވަނަ ދުވަހުގެ ރޭ 19:10 ހާއިރު ހިންގި އޮޕަރޭޝަނުގައެއެވެ.

އެ އޮޕަރޭޝަނުގައި، އޭނާ މަގުމަތިން ހުއްޓުވި ވަގުތު އޭނާ ބިންމައްޗަށް ވައްޓައިލި ތަކެތި ފުލުހުން ނަގައި ބަލައި ފާސްކޮށް މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި 11 ސެލޯފިން ކޮޅާއި މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ހަތަރު ރަބަރު ޕެކެޓު ފެނިފައެވެ.

މިމައްސަލަ ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ

މިއަދު އޮންލައިން