ނަމާދު ފަށްޓަވަމުން ރަސޫލް ޞޢވ, ގިނަގިނައިން ކުރެއްވެވި ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ނަމާދު ފަށްޓަވަމުން ރަސޫލް ޞޢވ, ގިނަގިނައިން ކުރެއްވެވި ދުޢާއެއް!

ޢައިޝަތުގެފާނުގެ އަރިއަހުން ރިވާވެގެންވަނީ މި ދުޢާއަކީ ރަސޫލް (ޞޢވ) ގިނަގިނައިން ކުރެއްވެވި ދުޢާއެއް ކަމަށެވެ. މިދުޢާ ކުރަންވީ ޙަރަމްބަން ތަކްބީރު (ﷲއަކްބަރު) ކިޔުމަށްފަހުގައެވެ.. އަދި އެ މަޤާމުގައި ކިޔުމަށް މިނޫން ދުޢާތައްވެސް ޙަދީޘްގައި އެބަހުއްޓެވެ. މިދުޢާ ކިޔަންވީ ސުންނަތް ނަމާދުތަކުގައެވެ. 

سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ وَتَبَارَكَ اسْمُكَ وَتَعَالَى جَدُّكَ وَلاَ إِلَهَ غَيْرُكَ

ދުޢާގެ މާނައީ: ޔާ ﷲ! އިނބަ ﷲ ހުސްޠޯހިރުވަންތައެވެ! އިނބަ ﷲ އަށް ޙަމްދުހުއްޓެވެ! އަދި އިނބަ ﷲ ގެ ނަންފުޅު ބަރަކާތްވަންތަވެވޮޑިގެންވެއެވެ! އަދި އިނބަ ﷲގެ މަތިވެރިކަން އުފުލިގެންވެއެވެ. އަދި އިނބަ ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަން ވެވޭއެހެން އިލާހަކކު ނުވެއެވެ.

މިއީވެސް ދުޢާއުލްއިފްތިތާޙްއެކެވެ!

މަޢުލޫމާތު: ޝައިޚް އިބްރާހީމް ފަރީދު އަހްމަދު

މިއަދު އޮންލައިން