3 ފުލުހަކު ވަކިކޮށް އެކެއްގެ މަޤާމް ދަށްކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
3 ފުލުހަކު ވަކިކޮށް އެކެއްގެ މަޤާމް ދަށްކޮށްފި

3 ފުލުހުން މަޤާމުން ވަކިކޮށް އެއް ފުލުހެއްގެ މަޤާމު ދަށްކުރަން ނިންމައިފިއެވެ.

4 ފުލުހަކާއިމެދު ފިޔަވަޅު އެޅުމަށް އިއްޔެ ނިންމާފައިވަނީ، 2019 އޯގަސްޓް 5 ވަނަ ދުވަހު ވައްކަމުގެ މައްސަލައެއްގެ ތުހުމަތުގައި ހޯދަމުން ދިޔަ މީހަކު، މަސްވެރިން ޕާރކް ސަރަހައްދުގައި ހުރި ސައިކަލެއް ވަގަށް ނަގަން އުޅޭ ކަމަށް ތުހުމަތުކުރެވިގެން ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެއުމަށްފަހު،  އެމީހާއަށް އަނިޔާކޮށް، އިންސާނީ ކަރާމަތަށް އުނިކަން ލިބޭފަދަ އަމަލުތައް ކޮށްފައިވާ ކަމަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަރޑް ކޮމާންޑުން ކުރިއަށް ގެންދިޔަ އިންޓަރނަލް ތަހްޤީޤަށްފަހު ފުލުހުންގެ ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން އެބޯޑުން އިއްޔެ އެގޮތަށް ނިންމުމުންނެވެ.

އެގޮތުން ބޯޑުން ނިންމާފައވަނީ މައްސަލައިގެ ތުހުމަތުކުރެވޭ 4 ފުލުހުންގެ ތެރެއިން އެއްފުލުހަކު މަޤާމު ދަށް ކުމަށާއި އަދި އަދި އަނެއް 3 ފުލުހުން ވަޒީފާއިން ވަކިކުރުމަށެވެ.                                   

ބޯޑުން ނިންމި ނިންމުން އިސްތިނާފު ކުރުމަށް ހުށަހެޅުމުގެ ފުރުޞަތު އިއްޔެއިން ފެށިގެން ރަސްމީ ބަންދުނޫން 7 ދުވަހުގެ ތެރޭގައި އެފުލުހުންނަށް ލިބިގެންވެއެވެ.

މިއަދު އޮންލައިން