އަލަށް އިސްލާމްވި އަންހެން ކުއްޖެގެ މި ވާހަކަތައް އަޑުއިވުމުން މިއަދުގެ ގިނަ މުސްލިމުންނަށް ޖެހޭނީ ލަދުގަންނަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 4ސ
އަލަށް އިސްލާމްވި އަންހެން ކުއްޖެގެ މި ވާހަކަތައް އަޑުއިވުމުން މިއަދުގެ ގިނަ މުސްލިމުންނަށް ޖެހޭނީ ލަދުގަންނަން!

ބައެއް މީހުންނަށް ހީވެފައި އޮންނަނީ ދީނަކަށް ވަނުމުން ފުދިގެންދާ ދުނިޔަވީ ކަންތައްތަކެއް ހުންނަ ކަމަށެވެ. ނަމަވެސް ޙަޤީޤަތަކީ އެއީއެއް ނޫނެވެ. އިސްލާމް ދީނުގައި ކުރަންހުރި ކަންކަމަށް ބެލި ނަމަވެސް ފެނިގެންދަނީ ހަމަ އެފަދަ ކަންކަމެވެ. 

ކޮންމެ މީހަކުވެސް އެންމެ ގިނައިން ބޭނުންވާނީ ފައިސާއެވެ. އެއީ ކިތަންމެ ގިނައިން ލިބުނު ނަމަވެސް ހިތް ފުރައިލެވޭ އެއްޗެއް ނޫނެވެ! ލިބޭވަރަކަށް އިތުރަށް ބޭނުންވާ އެއްޗެކެވެ! ނަމަވެސް އިސްލާމް ދީނުގައި އޮތީ ގަދައަޅައި މަސައްކަތްކޮށްގެން ހޯދާ ފައިސާ ޞަދަޤާތް ކުރުމަށެވެ! އަދި ކީއްހެއްޔެވެ؟ އަމިއްލަ ބޭނުންތައް ފުއްދައިލެވޭވަރަށް އަތުގައި ފައިސާ ނެތް ނަމަވެސް ޞަދަޤާތްކުރަން އެބަ ޖެހެއެވެ. 

ނިދުމަކީ ހަށިގަނޑު އެންމެ ބޮޑަށް ކުރަން ބޭނުންވާ އެއްކަންތަކެވެ. ނިދަން އެންމެ ބޭނުންވާ ވަގުތު މިޖެހެނީ ހޭލައި އަޅުކަންކުރާށެވެ! ޙިޖާބް އަޅައި ފޮރުވެން އެބަ ޖެހެއެވެ. ކެއުން ބުއިން ދޫކޮށްލައި ރޯދަ ހިފަން އެބަޖެހެއެވެ. މުސްލިމަކަށްވުމުން މިފަދަ އެތައް ކަމެއް ކުރަން ޖެހޭއިރު މިއިން އެއްވެސް ކަމަކީ އެކަންކަން ކުރަން ހަށިގަނޑު ބޭނުންވާ ކަންކަމެއް ނޫނެވެ! 

އަހަރެން އިސްލާމްވީ މިދިއަ އަހަރުގެ ވަރަށް ކުރީކޮޅުގައެވެ. މި މައްސަލަތައް ހަށިގަނޑު ޖެއްސިއެވެ. އަހަރެން ހެދި ގޮތަކީ މުޅި ހަށިގަނޑު ކޮންޓްރޯލްކުރާ ހިތުގެ މައްޗަށް ވެރިވެގަތީއެވެ. އެކަންކަން ކުރަން އަހަރެންގެ ގުނަވަންތަކަށް މަޖުބޫރުކުރަން ހިތަށް އަމުރުކުރީމެވެ! 

އަމުރުނުކުރަންވީ ކީއްވެގެން ހެއްޔެވެ؟ އިސްލާމް ދީނުގައި ކުރުމަށް އަމުރުވެވިގެންވަނީ އެންމެ މަތިވެރި ﷲ ތަޢާލާގެ އަމުރުފުޅުތަކެވެ! އެންމެ މަތިވެރި ފަރާތުން އަމުރުފުޅު ކުރެއްވެވުމުން އެކަމަށް ދެކޮޅު ހެދުމުގެ ބާރު ލިބިގެންވަނީ ކާކަށް ހެއްޔެވެ؟ ހަމަގައިމުވެސް އަހަރެންނަކަށް ލިބިގެނެއް ނުވެއެވެ. 

އަހަރެންގެ މިވާހަކަތަކަށް ގޮންޖަހާނެ ބައަކު ތިބެދާނެއެވެ؟ އެމީހުންނަށް ބުނަން އޮތީ އަހަރެން މިބަޔާންކުރި ވާހަކަތަކުގައި ބުއްދީގެ ހަމަތަކުން ޤަބޫލު ނުކުރެވެނީ ކޮން ވާހަކައެއް ހެއްޔެވެ؟ ބުއްދީގެ ހަމަތަކުން ޤަބޫލުކުރެވޭ ކަމެއް ދޮގުކޮށް ދެކޮޅު ހެދުމުގެ ޙައްޤު އޮތީ ކާކަށް ހެއްޔެވެ؟ 

- މިއީ މިދިއަ އަހަރުގެ ކުރީކޮޅު އަލަށް އިސްލާމްވި ލީ ޖިންހަމް އޭނާގެ ފޭސްބުކްގައި ލިޔެފައިވާ ވާހަކައެއްގެ ޚުލާޞާ ތަރުޖަމާއެކެވެ! އޭނާ އަކީ ސިންގަޕޫރު ރައްޔިތެކެވެ. ނަސްލަކީ ޗައިނާ ދަރިކޮޅެވެ. އޭނާ އެންމެ އުފާކުރާ އެއްކަމަކީ އޭނާ އިސްލާމްވުމުން ބައްޕަ ޢާއި ޢާއިލާއިން އޭނާ ބަލައިގެންފައިވާތީއެވެ!

މިއަދު އޮންލައިން