އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ޖެނިފަރ ގްރައުޓް ކްރިސްޓިއަން ދީން ދޫކޮށް އިސްލާމްވެ އޭނާގެ ރަން އަޑުން މިއަދު ކިޔަވަނީ ކީރިތި ޤުރްއާންއެވެ. އޭނާގެ ކިޔެވުމަށް މުޅި ދުނިޔޭގެ ސަމާލުކަން އަންނަނީ ލިބެމުންނެވެ.
އޭނާ އިސްލާމްވީ 2013 ވަނަ އަހަރު މޮރޮއްކޯގައެވެ. އޭނާ އިސްލާމްވި ޚަބަރު ގެނެސްދިން އެއް ޓީވީ ޗެނެލްއަކީ މުސްލިމުން ބަލަން ދެކޮޅު ހަދާ "އެންޓަރޓޭންމަންޓް" ޗެނެލެކެވެ. އެ ޗެނެލުން އެދުވަހު ވަނީ ޗެނެލުން ފޮނުވާ ޢާންމު ޕްރޮގްރާމްތައް ފޮނުވުން ވެސް ހުއްޓާލައިފައެވެ. މިއީ ވެސް ދުނިޔޭގެ ގިނަ ބައަކަށް ވަރަށް ބޮޑު ސިހުމެއް ލިބިގެންދިއަ ކަމެކެވެ. ކައިވެނީގެ ރަސްމިއްޔާތުގައި ބައިވެރިވި މީހުން ސިއްސުވައިލީވެސް އަލްޙަމްދު ކިޔެވި ފުރިހަމަކަމެވެ.
ޖެނިފަރ އަކީ އިނގިރޭސިލަވައިގެ އިތުރުން ޢަރަބިބަހުން ލަވަކިޔުމުގައި ވެސް އިސް ސަފުގައި ހުރި އަނހެނެކެވެ. 2013 ވަނަ އަހަރު އޭނާ ވަނީ ކާފިރެއްގެ ގޮތުގައި ހުރެ "ޢަރަބްސް ގޮޓް ޓެލެންޓް" ގެ ފައިނަލިސްޓުންގެ ތެރެއިން ޖާގަ ހޯދާފައެވެ.
ޚަބަރުގައި އެވާ ވީޑިއޯ އަކީ އޭނާ ޙިޖާބް އަޅަން ފެށުމުގެ ކުރިން ރެކޯޑްކޮށްފައިވާ ކިޔެވުމެކެވެ. "އަހަރެން މި ޕޯސްޓްކުރަނީ އަހަރެންގެ އެންމެ ފުރަތަމަ ކިޔެވުން. އަހަރެންގެ މާޒީ ނުވަތަ ޙަޤީޤަތް އޮޅުވާލުމަކަށް ބޭނުމެއް ނޫން! އެއިރުން އަހަރެން ހުރީ ޙިޖާބް އަޅަން ނިންމައިގެނެއް ނޫން. އެހެންވެ މި ކިޔެވުން މި ޕޯސްޓް ކުރަނީ!" އޭނާ ބުނެފައިވެއެވެ.
ޖެނިފަރގެ އަޑުން އާޔަތުލްކުރުސި: