އުނި ސިފަ ހާމަކުރުމުން ރުޅިއާދެވޭނަމަ ތިބާއީ ކިބުރުވެރިއެއް! ކިބުރުވެރިއަކަށް ސުވަރުގެ ނުވަދެވޭނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
އުނި ސިފަ ހާމަކުރުމުން ރުޅިއާދެވޭނަމަ ތިބާއީ ކިބުރުވެރިއެއް! ކިބުރުވެރިއަކަށް ސުވަރުގެ ނުވަދެވޭނެ!: މުފްތީ މެންކް

"ޙަޤީޤަތް ހާމަކުރުމުން ނުވަތަ ތިބާއަށް ގޯސްކޮށް ކުރެވޭ ކަމެއް ރަނގަޅުކުރަން ބުނުމުން ތިބާއަށް ރުޅި އާދެވޭ ހެއްޔެވެ؟ އެހެންކަމަށްވާނަމަ ތިބާއަށް އެވަނީ ކިބުރުވެރިކަމާ ބޮޑާ ކަމުގެ މައްސަލަތައް ކުރިމަތިވެފައެވެ. މާނައީ ތިބާގެ ހިތުގައި އެވަނީ ބޮޑާކަމާއި ކިބުރުވެރިކަން އުފެދިފައެވެ. 

ހަނދާންކުރާށެވެ! ބޮޑާކަމާއި ކިބުރުވެރިކަން އެމީހެއްގެ ހިތުގައި ޒަރެއްގެ މިންވަރަށް އޮތް މީހާ ވެސް ސުވަރުގެ ނުވަންނާނެ ކަމާއިމެދު ބިރުވެތިވާށެވެ! ވީމާ ކިބުރުވެރިކަމާއި ބޮޑާކަމުން ހިތް ޠޯހިރުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! އެކަންކަމުން ހިތް އެކުގައި ސާފުކޮށްލާށެވެ! 

މިސްތަކުންގެ ކުރިމަތީގައި މަޑުމައިތިރި މީހަކަށްވާށެވެ! ތިމާއަކީ މޮޅު މީހެއްކަމަށް އަމިއްލައަށް ވިސްނުން މުޅިން ދޫކޮށްލާށެވެ!" 

މިއީ މުފްތީ މެންކް ވިދާޅުވެފައިވާ ބަސްފުޅެކެވެ. މި ބަސްފުޅާއި ގުޅުވައިގެން އަހަރެން ފާހަގަކޮށްލަން ބޭނުމީ މަތީ މަޤާމްތަކަށް ދެވުމުން ބޮޑާވާ މީހުންގެ ވާހަކައެވެ! ބައެއް މީހުންނަށް ހީވަނީ މަތީ މަޤާމަކަށް ދެވިއްޖެ ނަމަ އެހެން މީހުން ދައްކާ ވާހަކަ އަޑުއެހުމަކީ ވެސް ދަށުދަރަޖައިގެ ކަމެއް ކަމަށެވެ. މިއީ ވަރަށް ނުބައި ވިސްނުމެކެވެ. 

ކިތަންމެ ދަށް މަޤާމެއްގައި މަސައްކަތްކުރި ނަމަވެސް އޭނާއަކީވެސް އިންސާނެކެވެ. އެނާއަށް ވެސް ވަނީ ވިސްނުމުގެ ބާރު ދެއްވަވައިފައެވެ. ވީމާ ތިމާއަށް ނުވިސްނޭ ކަމެއް، ނުވަތަ ތިމާއަށް ވިސްނޭ ވަރަށްވުރެ ރަނގަޅަށް އޭނާއަށް ވިސްނިދާނެއެވެ. ވީމާ މަތީ މަޤާމެއްގައި ހުރީތީ ބޮޑާވެ އޭނާގެ އަޑު ނުއަހައި ދޫކޮށްނުލާށެވެ! އެއިރުން އެމީހަކުވެސް އެފެތެނީ ހަމަ މުފްތީ މެންކް ވިދާލުވެފައިވާ ގޮޅިއަށެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން