މިސްކިތްތަކުގައި މީހުން ނިދާ މައްސަލަ ފުލުހުން ބަލަން ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
މިސްކިތްތަކުގައި މީހުން ނިދާ މައްސަލަ ފުލުހުން ބަލަން ފަށައިފި

މިސްކިތްތަކުގައި މީހުން ނިދާ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

މިއަދުނޫހަށް މައުލޫމާތު ދެއްވި އިމާމަކު މިރޭ ވިދާޅުވީ ރޭ ފަތިސް ނަމާދަށް ގޮވިތަނާ އޭނާ ބަލަހައްޓަވާ މިސްކިތަށް ފުލުހުންގެ ޓީމެއް ދިއަ ކަމަށާއި މިސްކިތް ހޯދައި ނިދާފައި އޮތް މީހަކު ފެނުމުން އެމީހާ ގެންދިއަ ކަމަށެވެ.  

ލޮކްޑައުންގެ ޙާލަތުގައި މިސްކިތްތައް ތަޅުލައި ޕޮލިސް ޓޭޕް ދެމިފަހުން ސިޓީ ކައުންސިލުން މިސްކިތްތައް ބަލަހައްޓާފައި ނުވުމުން މިސްކިތްތަކުގައި ނިދައި ކައިބޮއި މިސްކިތްތަކަށް ކުޑަމުދިއުން ފަދަ އެތައް ކަންތައްތަކެއް ވަނީ ކޮށްފައެވެ. އެއިގެ އިތުރުން ބައެއް މިސްކިތްތަކަށް ގެއްލުންދީ ފަންކާ ފަދަ ތަކެތި ވަގަށް ނެގުމުގެ މައްސަލަތައްވެސް ވަނީ ކުރިމަތިވެފައެވެ.

 

 

 

 

މިއަދު އޮންލައިން