"ކެހިވެރިކަމުގެ ވަގުތީ އުފަލެއްދޭ އެއްޗެއް ކަމުގައި މެނުވީ ދުނިޔޭގެ ދިރިއުޅުން ނުވެތެވެ!": ޤުރްއާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
"ކެހިވެރިކަމުގެ ވަގުތީ އުފަލެއްދޭ އެއްޗެއް ކަމުގައި މެނުވީ ދުނިޔޭގެ ދިރިއުޅުން ނުވެތެވެ!": ޤުރްއާން

"ވާރޭފެނެއްގެ މިސާލުގައެވެ. އެ ފެނުން ފެންލިބިގެން ފެޅި ގަސްތަކެއް، ދަނޑުވެރިން ޢަޖާއިބުކޮށްފައިވެއެވެ. ދެން އެ ގަސްތައް ހިކިދެއެވެ. ދެން އެ ގަހުގެ ފަތްތައް ރީނދޫވެފައި ވަނިކޮށް ތިބާއަށް ފެންނާނެތެވެ. ދެން އެ ހިކި ހުއިތަކަކަށް ވެދެއެވެ." 

ﷲ ތައާލާ ދެއްވެވި ރިޒްޤް ކައިގެން އަދި ﷲ ތަޢާލާ ދެއްވެވި ޞިއްހީ ދުޅަހެޔޮ ކަމުގައި އިންސާނާ ހެދި ބޮޑުވެއެވެ. ނަމަވެސް ފަހުން ފެނިގެން މިދަނީ ބަލިކަށިވެ ނިކަމެތިވާތަނެވެ! އެއަށްފަހު ހިކި ހުއިތައް ނެތި ފަނާވެގެންދާ ފަދައިން ކައްވަޅުގައި މީހާގެ ހަށިގަނޑު ނެތިފަނާވެގެންދެއެވެ.  

ހަށިގަނޑު ނެތި ފަނާވެގެން ދިއަ ނަމަވެސް ދުނިޔޭގައި ކުޅަ ޢަމަލުތަކުގެ ޖަޒާ ލިބުމެއް ނުހުއްޓެވެ! ކައްވަޅުގައިވެސް ދާނީ ލިބެމުންނެވެ! އާޚިރަތް ދުވަހުވެސް މެއެވެ! 

"ތިއަބައިމީހުން ދަންނާށެވެ! ދުނިޔޭގެ ދިރިއުޅުން ވާކަން ކަށަވަރީ ކުޅިވަރެއް ކަމުގައެވެ. އަދި މަޖަލެއް ކަމުގައެވެ. އަދި ޒީނަތެއް ކަމުގައެވެ. އަދި ތިއަބައިމީހުންގެ މެދުގައި އެކަކު އަނެކަކުގެ މައްޗަށް ބޮޑާވެގަތުމެއް ކަމުގައެވެ. 

އަދި މުދާތަކާއި، ދަރިންތަކާމެދު، އެކަކު އަނެކަކަށްވުރެ ގިނަކަމަށްބުނެ މޮޅުވާހަކަ ދެއްކުމެއް ކަމުގައެވެ. 

ވާރޭފެނެއްގެ މިސާލުގައެވެ. އެ ފެނުން ފެންލިބިގެން ފެޅި ގަސްތަކެއް، ދަނޑުވެރިން ޢަޖާއިބުކޮށްފައިވެއެވެ. ދެން އެ ގަސްތައް ހިކިދެއެވެ. ދެން އެ ގަހުގެ ފަތްތައް ރީނދޫވެފައި ވަނިކޮށް ތިބާއަށް ފެންނާނެތެވެ. ދެން އެ ހިކި ހުއިތަކަކަށް ވެދެއެވެ. 

އަދި އާޚިރަތުގައިވަނީ، ގަދަފަދަވެގެންވާ ޢަޛާބެވެ! އަދި ﷲ ގެ ޙަޟްރަތުން ލިބޭ ފާފަފުއްސެވުމަކާއި، ރުއްސެވުމެކެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއްދޭ އެއްޗެއް ކަމުގައި މެނުވީ ދުނިޔޭގެ ދިރިއުޅުން ނުވެތެވެ." (އަލްޙަދީދް: 20) 

މިއާޔަތުގައި މިވާ ކޮންމެ ކަމަކީ ވެސް ހަމަ ކޮންމެ މީހަކުވެސް ވަރަށް ފުންކޮށް ވިސްނަން ޖެހިފައިވާ ކަންކަމެވެ. ދުނިޔެއަކީ އުފާކުރާ ތަނަކަށް ހަދައި އާޚިރަތާއިމެދު ޣާފިލުވެއްޖެ ނަމަ ކަންކަން ވެގެންދާނެ ގޮތް މިއާޔަތުގައި އެވަނީ ބަޔާން ކުރައްވަވައިފައެވެ! އެމީހަކަށް ޤިޔާމަތް ދުވަހު ހުރީ ގަދަފަދަ ޢަޖާބް ކަމެވެ! 

މިފަދަ އާޔަތްތަކުން ޢިބްރަތް ޙާޞިލުކޮށް ދުނިޔެ އާއި ބަގުޑި ބައްދަން ނުއުޅޭށެވެ! އެކަމެއްވެސް ކާމިޔާބެއް ނުކުރެވޭނެއެވެ! އަދި އާޚިރަތް ކާމިޔާބު ކުރެވޭނީ އެކަމަށް އެދިގެން މަސައްކަތްކުރެވުނު ނަމައެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން