ސަޖިދައަށް ސަމާލުވޭ! ކުރާ ކޮންމެ ސަޖިދައަކާއެކު އެއް ދަރަޖަ އުފުލި ފާފައެއް ފުއްސަވައި ދެއްވަވާނެ!: ޙަދީޘް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ސަޖިދައަށް ސަމާލުވޭ! ކުރާ ކޮންމެ ސަޖިދައަކާއެކު އެއް ދަރަޖަ އުފުލި ފާފައެއް ފުއްސަވައި ދެއްވަވާނެ!: ޙަދީޘް

ސަޖިދައިގެ މަތިވެރިކަން އަހަރެމެން އެންމެނަށްވެސް އެބަ އެނގެއެވެ. އެއީ ތިމާ އާއި ﷲ ތަޢާލާ އެންމެ ބޮޑަށް ކުއްތަންވެވޭ ވަގުތުކަންވެސް އެބަ އެނގެއެވެ. އެހެންސް މި ޙަދީޘްފުޅު އެނގޭ ހެއްޔެވެ؟ 

އަބޫ ޛައްރު އައްރިފާރީ ރަޙިމަހުﷲ ޢަންހް ކީރިތި ކުރައްވަމުން ވިދާޅުވިއެވެ. އަހުރެންގެ ލޮބުވެތި ޞާހިބާ، ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރެއްވެވިއެވެ. "ތިބާގެ އެއް ދަރަޖަ އުފުލިގެން ނުދާނެ އަދި ތިބާގެ ފާފައެއް ފުއްސަވައި ނުދެއްވަވާނެ އެންމެ ސަޖިދައެއްވެސް ނުކުރެވޭނެއެވެ." 

އަބޫ ޛައްރު އައްރިފާރީ ރަޙިމަހުﷲ ޢަންހްއަކީ ސަޖިދައަށް ވަޑައިގެންފިނަމަ ތެދުވެވަޑައިނުގެން އެތައް ގިނަ ވަގުތުތަކެއް ހޭދަކުރެއްވެވި ބޭކަލެކެވެ. އެގޮތަށް އެހައި ގިނައިރު ސަޖިދައިގައި ވަގުތު ހޭދަކުރައްވާތީ ކުރެއްވޭ ރަކްޢަތުގެ ޢަދަދު އެނގިވަޑައިގަންނަވާތޯ ސުވާލު ދެންނެވުމުން ވިދާޅުވީ "އަހަރެންނަށް ނުއެނގުނު ނަމަވެސް ﷲ ތަޢާލާ ދެނެވޮޑިގެންވާ" ކަމަށެވެ. 

ސަޖިދައިގެ މަތިވެރިކަން މިފަދައިން ބަޔާންވެ އެނގެން އޮތްއިރު ސަޖިދަ ކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭށެވެ! ސަޖިދައިގައި ﷲ ތަޢާލާ ދަންނަވާ ދެންނެވުންތައް ހަމައެކަނި ދުލުން އަމުނައިލާ ބަސްތަކަކަށް ނުހަދައި ހިތުން ދަންނަވާ ދެންނެވުމަށް ހަދާށެވެ! 

- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން