މަސްތުވާތަކެއްޗާއެކު މީހަކު ވިލިމާލެއިން ހައްޔަރުކޮށްފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 30ސ
މަސްތުވާތަކެއްޗާއެކު މީހަކު ވިލިމާލެއިން ހައްޔަރުކޮށްފި

 ވިލިމާލެ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު  މީހަކު ވިލިމާލެއިން ހައްޔަރުކޮށްފިއެވެ.

 މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންނަށް ލިބުނު މަޢުމާތުމާތަކާ ގުޅިގެން މި ޖޫން މަހު 18 ވަނަ ދުވަހު 1:50 އެހާކަންހާއިރު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 42 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެމީހާ ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސް ބަލައިފާސްކުރިިއިރު އެމީހާ އެވަގުތު ހުރި ތަނުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް  ހުރި 02 ރަބަރު ޕެކެޓް ފެނިފައިވެއެވެ.

މި މައްސަލަ ވިލިމާލޭ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.ަ

މިއަދު އޮންލައިން