ވެލިދޫން މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 31ސ
ވެލިދޫން މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ވެލިދޫން މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މިތަކެތި ހޯދާފައިވަނީ ވެލިދޫގައި މަސްތުވާތަކެތި ގެންގުޅެ، އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ޖޫން މަހުގެ 17 ވަނަ ދުވަހުގެ 11:30 އެހާކަންހާއިރު ވެލިދޫގައި ހިންގި އޮޕަރޭޝަނުގައި އެރަށު ބަނދަރު ސަރަޙައްދުންނެވެ. އެސަރަޙައްދު ބަލައިފާސްކޮށް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ދެކޮތަޅު ފެނިފައިވެއެވެ.

މި މައްސަލާގައި މީހަކު ހައްޔަރުކޮށްފައިނުވެއެވެ. އަދި މި މައްސަލަ ވެލިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

މިއަދު އޮންލައިން