މި ލިސްޓުގަ ތިބާގެ ނަން ނެތްކަން އަވަހަށް ކަށަވަރުކުރާށެވެ! އޮތްނަމަ ހާދަ ބިރުވެރިއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
މި ލިސްޓުގަ ތިބާގެ ނަން ނެތްކަން އަވަހަށް ކަށަވަރުކުރާށެވެ! އޮތްނަމަ ހާދަ ބިރުވެރިއެވެ!

މި ލިސްޓުގައި ތިބާގެ ނަތް ނެތްކަން މިހިނދުން މިހިނދަށްވެސް ކަށަވަރުކުރާށެވެ! އޮތް ނަމަ އަވަހަށް ފުހެލާށެވެ! އެހެނީ މިލިސްޓުގައި މިވަނީ ތިބާގެ ނަން އޮތް ނަމަ ޤިޔާމަތް ދުވަހު، ﷲ ތަޢާލާ ރަޙްމަތުގެ ބެއްލުވުމުން ނުބައްލަވާނެ، ރަހްމަތުގެ ބަސްފުޅު ވަޙީ ނުކުރައްވަވާނެ، ވޭންދެނިވި ޢަޛާބް ލިބިގެންވާ މީހުންގެ ވާހަކައެވެ. 

އެގޮތުން އައިސްފައި މިވަނީ 12 ކެޓަގެރީއެކެވެ. މިއިން އެއްވެސް ކެޓަގެރީއަކަށް ފެތިގެނަ އެއްވެސް ސަލާމަތްކަމެއް ނުލިބޭނެއެވެ! އެހެނީ ޤިޔާމަތް ދުވަހު އެބައަކަށް ޢަޛާބު ގަދަފަދަވެގެންވާ ބައަކުވެއެވެ. 

ރަސޫލް (ޞޢވ)ގެ ޙަދީޘްފުޅުތަކުން ސާބިތުވާ ގޮތުގައި ޤިޔާމަތް ދުވަހު، މާތް ﷲ، ރަޙްމަތުގެ ބެއްލުވުމުން ނުބައްލަވާނެ، އަދި ރަހްމަތުގެ ބަސްފުޅު ވަޙީ ނުކުރައްވަވާނެ، އަދި ވޭންދެނިވި ޢަޛާބް ލިބިގެންވާ 12 މީހުންނަކީ ނުވަތަ 12 ކެޓަގަރީގެ މީހުންނަކީ: 

1، މުސްކުޅި ޢުމުރުގައި ޒިނޭކުރާމީހާ

2، ފަޤީރު ޙާލުގައި ބޮޑާވެ ކިބުރުވެރިވާ މީހާ

3، ދޮގުހުވާކޮށްގެން މުދައު ވިއްކާ މީހާ

4، ދޮގު ހަދާ ރަސްކަލާ (ވެރިޔާ)

5، ސަހަރާއެއްގައި އެމީހެއްގެ އަތުގައި ފެންހުރެ، ދަތުރުވެރިޔާއަށް އެ ފެން މަނާކުރާ މީހާ

6، ޢަޞްރު ނަމާދަށްފަހު، ދޮގު ހުވާކުރާ މީހާ، 

7، މީހުންނަށް އިޙްޞާންތެރިވެފައި ކަލަގޮވާ މީހާ

8، ތަނބިކަށިން ތިރިއަށް އިޒާރު ތިރިކުރާ މީހާ

9، ދުނިޔެއަށްޓަކައި ވެރިމީހާގެ އަތްމައްޗަށް ބައިޢަތުހިފާމީހާ 

10، ދިރޭ ތަކެތީގެ ސޫރަ ކުރަހާ މީހާ

11، ފާފައެއް ކޮށްފައި، މީސްތަކުންގެ ކުރިމަތީގައި އަމިއްލައަށް އެފާފަ ފައުޅުކުރާ މީހާ

12، ކިޔަވައިގެން ހުރެ، މީސްތަކުން މަގުފުރައްދާ މީހާ

 

- ޝައިޚް މުޙައްމަދު އިބްރާހީމް

މިއަދު އޮންލައިން