ރަސޫލް ޞޢވ، ދަރިކަނބަލުން ފާޠިމަތުގެފާނަށް ކޮންމެ ދުވަހަކު ދެއިރު ނުކުރައްވަވައި ދޫކޮށް ނުލައްވަވަން ޙަދީޘްފުޅު ކުރެއްވެވި ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ރަސޫލް ޞޢވ، ދަރިކަނބަލުން ފާޠިމަތުގެފާނަށް ކޮންމެ ދުވަހަކު ދެއިރު ނުކުރައްވަވައި ދޫކޮށް ނުލައްވަވަން ޙަދީޘްފުޅު ކުރެއްވެވި ދުޢާއެއް!

މިދުޢާއަކީ ރަސޫލް (ޞޢވ)، ދަރިނކަނބަލުން ފާޠިމަތުގެފާނަށް ކޮންމެ ދުވަހަކު ހެނދުނާއި ޙަވީރު ނުކުރައްވަވައި ދޫކޮށް ނުލައްވަން ޙަދީޘްފުޅު ކުރެއްވެވި ދުޢާއެކެވެ! 

يا حَيُّ يَا قَيَّومُ بِرَحْمَتِكَ أَسْتَغِيثُ أَصْلِحْ لِي شَأنِي كُلَّهُ ولاَ تَكِلْنِي إلى نَفْسِي طَرْفَةَ عَي

ދުޢާގެ މާނައީ:

"އޭ ދިރިދެމިވޮޑިގެންވާ އިލާހްއެވެ! އޭ ޤާއިމްވެވޮޑިގެންވާ އިލާހްއެވެ! އިނބަ ﷲ ގެ ރަޙްމަތަށް މިއަޅާ އެދި ދަންނަވަމުއެވެ. މިއަޅާގެ ހުރިހާކަމެއް މިއަޅާއަށްޓަކައި ޞުލްޙަކޮށްދެއްވަވައިފާނދޭވެ. އަދި އެސްފިޔަ ޖަހާހައި ކުޑަހިނދުކޮޅަކަށްވެސް މިއަޅާގެ ނަފްސަށް މިޢާ ދޫކޮށް ނުލައްވަވައިފާނދޭވެ!" 

- ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު 

މިދުޢާ އަކީ ﷲ ތަޢާލާ ދުނިޔެއަށް ފޮނުއްވެވި އެންމެ މެތިވެރި އިންސާނާ، އަދި އެންމެ މަތިވެރި ބައްޕަ ރަސޫލް (ޞޢވ) އެކަލޭގެފާނުގެ ދަރިކަނބަލުން ސުވަރުގޭގެ އަންހެން ބޭކަނބަލުންގެ ރާނީ ފާޠިމަތުގެފާނަށް އުގަންނަވައި ދެއްވެވި ދުޢާއެކެވެ.

ރަސޫލް (ޞޢވ) އުނގަންވައި ދެއްވަވާ ކޮންމެ ދުޢާއަކީ އިތުރު އެކަލޭގެފާނު ވެސް ކުރައްވަވަމުން ގެންދަވާ ދުޢާއެކެވެ. ވީމާ އަހަރެމެން ކޮންމެ މީހަކުވެސް ކޮންމެ ދުވަހަކުވެސް ހެނދުނާއި ހަވީރު މިފަދަ ދުޢާތައް ކުރަންވާނެއެވެ! ﷲ ތަޢާލާގެ ރަޙްމަތްފުޅަށް އެދި ދަންނަވަންވާނެއެވެ. ﷲ ތަޢާލާގެ ރަޙްމަތްފުޅާއި ނުލައި ޙާޞިލުކުރެވޭނެ އެއްވެސް ކަމެއް ނުވެއެވެ. 

"އެސްފިޔަ ޖަހާހައި ކުޑަހިނދުކޮޅަކަށްވެސް މިއަޅާގެ ނަފްސަށް މިޢާ ދޫކޮށް ނުލައްވަވައިފާނދޭވެ!" މިފަދައިން ދުޢާކުރަން ޖެހެނީ އަހަރެމެންނަކީ އެއްވެސް އާރެއް ބާރެއް ލިބިގެންވާ ބައަކު ކަމުގައި ނުވާއިރު އެންމެ ހިނދުކޮޅަކަށްވެސް ﷲ ތަޢާލާ އަހަރެމެން ދޫކޮށްލައްވަވައިފިނަމަ އަހަރެމެންނަށް ލިބިގެންދާނެ ގެއްލުންތަކުން ސަލާމަތްވެތިބުމަށެވެ. 

- އިމާމް ޢުމަރު ސުލައިމާން

މިއަދު އޮންލައިން