އެންމެ ހިތާމަވެރި ޚަބަރު!: އެއްވެސް ޤައުމަކުން މިއަހަރު ޙައްޖަށް ނުދެވޭ ގޮތަށް ނިންމައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
އެންމެ ހިތާމަވެރި ޚަބަރު!: އެއްވެސް ޤައުމަކުން މިއަހަރު ޙައްޖަށް ނުދެވޭ ގޮތަށް ނިންމައިފި!

ސައުދީ ހައްޖު މިނިސްޓްރީން މިއަދު ނިންމާފައިވަނީ މިއަހަރު ޙައްޖު ވުމަށް އެއްވެސް ޤައުމެއްގެ އެއްވެސް މީހަކަށް ސައުދި ޢަރަބިޔާއަށް ނުދެވޭނެ ކަމަށާއި ޙައްޖު ވެވޭނީ މިހާރު ސައުދީގައި ތިބި އެކި ޤައުމުތަކުގެ މީޙުންނަށް ކަމަށެވެ. އަދި ޙައްޖުވުމުގެ ފުރުޞަތު ދޭނީވެސް ވަރަށް މަދު ޢަދަދެއްގެ މީޙުންނަށް ކަމަށެވެ. 

އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިފަދަ ފިޔަވަޅެއް އަޅަން ޖެހުނީ ކޮރޯނާ ވައިރަސް ފެތުރުން ނުހުއްޓޭތީ އާއި ގިނަ ބައަކު އެއްތަނަކަށް އެއްވެ އުޅެފިނަމަ ބަލި ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރު އޮތުމުން ކަމަށެވެ. އަދި ޙައްޖުގެ އަޅުކަން މިއަހަރު ކުރިއަށް ގެންދާނީ ގައިދުރުކަމަށް ސަމާލުކަން ދީގެން ކަމަށެވެ! 

މިއީ މެދުވެރިވެދާނެ ކަމެއް ކަމަށް ކުރިންވެސް ވަނީ ބެލެވިފައެވެ. ނަމަވެސް މި ޚަބަރަކީ މުސްލިމުންނަށް ވަރަށް ހިތާމަވެރި ޚަބަރެކެވެ!

މިއަދު އޮންލައިން