ސުވަރުގެ އެދޭ އަންހެނާ ހަމައެކަނި މި ޙަދީޘްފުޅަށް ޢަމަލުކުރި ނަމަވެސް ސުވަރުގެ ވައްދަވާނެތެވެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ސުވަރުގެ އެދޭ އަންހެނާ ހަމައެކަނި މި ޙަދީޘްފުޅަށް ޢަމަލުކުރި ނަމަވެސް ސުވަރުގެ ވައްދަވާނެތެވެ! އިން ޝާ ﷲ

ނަރަކައިގައި ގިނަވާނީ އަންހެނުން ނަމަވެސް ސުވަރުގެ ޙާޞިލުކުރުމަކީ އަންހެނުންނަށް ވަރަށް ފަސޭހަކަމެކެވެ. ނުވަތަ ވަރަށް ފަސޭހައިން ކުރެވެން އޮތް ކަމެކެވެ. 

އެހެނީ ޞަޙީޙް ޙަދީޘްފުޅުގައިވަނީ "އަންހެނަކު ފަރުޟު ނަމާދުކޮށް، ރޯދަ ހިފައި، އޭނާގެ ޢިއްފަތްތެރިކަން ޙިމާޔަތްކޮށް ފިރިމީހާއަށް ކިޔަމަންތެރިވެއްޖެނަމަ އެ އަންހެނަކަށް ބުނެވޭނެތެވެ! ކަނބުލޭގެ ބޭނުން ދޮރަކުން ސުވަރުގެވަންނާށެވެ!" ބުނެވޭނެ ކަމަށެވެ.

މި ޙަދީޘްފުޅަށް ބަލައިފި ނަމަ ނަމާދުކުރުމާއި ރޯދަ ހިފުމަކީ ކޮންމެ މުސްލިމަކުވެސް ކުރަމުން ގެންދާނެ ކަމެކެވެ. ދެން މިއަންނަނީ އެކަނބަލުންގެ ޢިއްފަތްތެރިކަން ޙިމާޔަތްކުރުމުގެ ވާހަކައެވެ. އެކަމަކީވެސް ކޮންމެ މުސްލިމަކުވެސް ކުރަންޖެހޭ ކަމެކެވެ. ދެން މިއޮތީ ފިރިމީހާއަށް ކިޔަމަންތެރިވުމެވެ! ﷲތަޢާލާއަށް އުރެދުމެއްވާ ކަމެއްގައި މެނުވީ އެއީ ކޮންމެ އަންތބަކުވެސް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. 

ވީމާ މި ޙަދީޘްފުޅުން އެނގިގެން މިދަނީ ސުވަރުގެ ޙާޞިލުކުރުމަކީ އަންހެނުންނަށް ކުރަން ވަރަށް ފަސޭހަކަމެއް ކަމެވެ! ސުވަރުގެ ޙާޞިލުކުރަން އެދޭ އަންހެނާ، ހަމައެކަނި މިޙަދީޘްފުޅަށް ޢަމަލުކުރުމުގައި ސާބިތުވި ނަމަވެސް އެ އަންހެނަކަށް ސުވަރުގެ ދެއްވަވާނެތެވެ! އިން ޝާ ﷲ

ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! ސުވަރުގޭގެ ވާހަކަތައް ދެކެވޭއިރު ފިރިހެނުންނަށް ޙޫރަލްޢީނުން ލިބޭނެ ކަމުގެ ވާހަކަ ދެކެވެނީ މުހިންމު ސަބަބަކަށްޓަކައެވެ. އެއީ ޢާންމުގޮތެއްގައި ފިރިހެނުންނަކީ އަނހެނުންނަށް ވަރަށް ގިނައިން އެދޭ ބައަކަށްވާތީއެވެ. ހަމައެއާއިއެކު ގިނަ އަނހެނުނގެ ކުރިމަތީގައި އެކަމަކީ "އެންމެ އިސްކަންދޭ" ކަންތައް ކަމުގައި ނުވާތީއެވެ. އެމީހުންގެ ކުރިމަތީ އެހެން އެތައް ކަންތައްތަކަކީ މާ މުހިންމު ކަންތައްތައް ކަމުގައިވާތީއެވެ. 

ވީމާ އަންހެނުންނަށް އެއްވެސް ކަމެއް ސުވަރުގޭގައި މަދުވަނީއެއް ނޫނެވެ. ފިރިހެނުންނަށް ލިބޭ ހުރިހާ ނިޢްމަތްތަކެއް އަންހެނުންނަށްވެސް ސުވަރުގޭގައި ލިބިގެންދާނެއެވެ. އެކަން ޔަޤީންކުރާށެވެ! 

މިދުނިޔޭގައި އެއްވެސް މީހަކާއި ކައިވެނި ނުކުރި ނަމަވެސް ސުވަރުގޭގައި އެއްވެސް މީހަކު އެކަނިވެރިއެއްގެ ގޮތުގައެއް ނުހުންނާނެއެވެ. ކޮންމެ މީހަކަށްވެސް ބައިވެރިން ދެއްވަވާނެތެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން