އަބަދުވެސް އުފަލުގަ ހުރުމުގެ ތަޅުދަނޑި މިއޮތީ! ބޭނުން ހިފާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
އަބަދުވެސް އުފަލުގަ ހުރުމުގެ ތަޅުދަނޑި މިއޮތީ! ބޭނުން ހިފާ!

ތިބާގެ ހިތް އެއިގެ މަންޒިލުން ގުޑައިފިނަމަ ހަށިގަނޑަށް ހަމަޖެހުމެއް ނުލިބޭނެއެވެ! ހިތުގެ ކޮންޓްރޯލްވަނީ ﷲ ތައާލާގެ ޙަޟްރަތުގައެވެ. ތިބާ ކަންބޮޑުވެ ހާސްވަމުން ދާތާ އެތައް އަހަރެއްވެފައިވާ ކަންކަން ފަޅި ސިކުންތެއްގެ ތެރޭގައި ޙައްލުކުރައްވަވައި ދެއްވަވައި ހިތަށް ވަގުތުން ހަމަޖެހުން ގެނެސްދެއްވެވުމަށް ﷲ ތަޢާލާ ކުޅަދުންވަންތައެވެ. 

ހިތަށް ހަމަޖެހުން ލިބުންވަނީ އެމީހަކަށް ފާފަކުރެވޭ މިންވަރު މަދުކުރި ވަރަކުންނެވެ! ފާފަކުރުން ހުއްޓައިލުމުންނެވެ! ވީމާ ހިތަށް ހަމަޖެހުން ލިބި އުފާވެރިކަން ލިބުން އެދޭ މީހާ ފާފަ ފުއްސަވައި ދެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ! ކޮންމެ ކަމެއް ކުރިމަތިވެ ހިތްހަމަނުޖެހުނު ނަމަވެސް ފާފަ ފުއްސަވައި ދެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ! 

ކިތަންމެ ގިނަ ތަކްލީފްތަކާއި ހިތްހަމަ ނުޖެހުމާއިއެކު އުޅުނު ނަމަވެސް ފާފަފުއްސަވައިދެއްވެވުން އެދިގެން ދުޢާކުރާ މީހާއަށް އަބަދުވެސް އުފަލުގައި އެހުރެވެނީ އެދުޢާގެ ސަބަބުންނެވެ! ނުބައި އަމަލުތައް ކުރެވޭނަމަ ސިކުނޑިއަށް ހަމަޖެހުމެއް ނުލިބޭނީވެސް އެކުރެވޭ ފާފަތަކުގެ ސަބަބުންނެވެ! 

މިފަދަ ހުރިހާ ކަމަކުންވެސް އެނގިގެންދަނީ އުފާވެރިކަން ލިބުމުގެ ތަޅުދަނޑިއަކީ ފާފަ ނުކުރުމާއި ފާފަ ފުއްސަވައިދެއްވެވުން އެދި ދުޢާކުރުން ކަމެވެ! އުފަލުގައި ހުންނަން އެދޭނަމަ ފާފަ ކުރުން ހުއްޓާލައި ފާފަ ފުއްސަވައި ދެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން