ކީރިތި ޤުރްއާނުގައި ﷲ ތައާލާ ބަޔާންކުރައްވަވާފައިވާ ޙުކުމްފުޅުތައް ނޫން ނޫން ޙުކުމްތައް ބަޔާންކޮށް ޤާނޫނުތައް ހަދައި އެ ޤާނޫނުތައް ތަންފީޒުކުރަން ޖައްސުވާ މީހުންނަކީ ނަރަކައިގެ އެންމެ އަޑީގައި ތިބެން ޖެހޭނެ ބައެއްކނަ މިއަދުގެ ހުކުރުޚުޠުބާއިން އެނގިގެން ހިނގައްޖެއެވެ.
މިކަމަށް ދަލީލު ލިބިގެންދަނީ މިއަދުގެ ހުކުރު ޚުޠުބާގައި ބަޔާންކޮށްފައިވާ އަންނަނިވި ޙަދީޘްފުޅުންނާއި ކީރިތި ޤުރްއާނުންނެވެ.
އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. (مَن دعا بدعوى الجاهلية فإنه من جثى جهنم)
މާނައީ: "ޖާހިލިއްޔަތުގެ ގޮވާލުމަކަށް ގޮވާލާ މީހާ ދަންނާށެވެ! އޭނާ ވާހުށީ ޖަހަންނަމައިގައި ކުޑަކަކޫ ޖެހިގެންވާ މީހުންގެ ތެރެއިންނެވެ." އެހިނދު މީހަކު ދެންނެވިއެވެ: އޭނާ ނަމާދުކޮށް ރޯދަހިފި ނަމަވެސް ތޯއެވެ؟ ޙަދީޘްކުރެއްވިއެވެ: އޭނާ ނަމާދުކޮށް ރޯދަހިފި ނަމަވެސް މެއެވެ.."
ކީރިތި ޤުރްއާނުގައި ﷲ ތަޢާލާ ވަޙީކުރައްވަވާފައިވެއެވެ!
ثُمَّ نُنَجِّي الَّذِينَ اتَّقَوا وَّنَذَرُ الظَّالِمِينَ فِيهَا جِثِيًّا
"ދެން ތިމަންރަސްކަލާނގެ تقوى ވެރިވީ މީހުން ސަލާމަތް ކުރައްވާހުށީމެވެ. އަދި އަނިޔާވެރިވީ މީހުން، ކަކޫޖެހިގެންވާ ހާލު، އެ ނަރަކައިގެ ތެރެއަށް ދޫކުރައްވާހުށީމެވެ." (މަރްޔަމް: 72)
މިއަދުގެ ހުކުރު ޚުޠުބާއިން:
ލޮބުވެތި މުސްލިމް އަޚުންނޭވެ! ޢުންޞުރީ ތަފާތުކުރުމުގެ ނުބައި ޖާހިލީ ޢާދަ އެންމެ ފުރަތަމަ ތަޢާރަފު ކުރީ އިބްލީހެވެ. އެއީ އާދަމް ޢަލައިހިއްސަލާމް އަށް ސަޖިދަ ޖެހުމަށް ﷲ އޭނާއަށް ޢަމުރުކުރެއްވި ހިނދެވެ. އިބްލީސް އެ އަމުރުފުޅަށް ނުކިޔަމަންތެރިވުމުގެ ގޮތުން ގެނައި ޙުއްޖަތަކީ އުފެދުމުގެ އަޞްލަށް ބަލައި، އޭނާ އާދަމްގެފާނަށް ވުރެ މޮޅުވެގެންވާ ކަމުގެ މުޑުދާރު ޙުއްޖަތެވެ.
އެހެނީ އެފަދަ ކަންކަން ކުރާ މީހުން އެކުރަނީ ޖާހިލުކަމުގެ އަމަލެކެވެ. އެމީހުން އެ ފަތުރަނީ ޖާހިލިޔަތެވެ.
ދެން އެއަށް އެއަށްފަހު އެކި ޒަމާންތަކުގައި މި ޖާހިލިއްޔަތުގެ އަނދިރިކަން ފެތުރި އެންމެ ބޮޑަށް އެބައެއްގެ ތެރޭގައި މިކަން ވަކިހިއްޕާލާފައި އޮތް އެއްބައަކީ ކީރިތި ރަސޫލާ صلى الله عليه وسلم ރަސޫލުކަމާއިގެން ފޮނުއްވުމުގެ ކުރިން މައްކާގެ އަހުލުވެރިންނެވެ. އެކަލޭގެފާނު ވަޑައިގެން އެ ޖާހިލިއްޔަތު ފޮހެލެއްވިއެވެ. އަދި ޖާހިލީ ޞިފަތަކުގެ މުޑުދާރުކަން ބަޔާންކޮށްދެއްވައި، އެފަދަ ކަންކަމަށް ގޮވާލާ މީހުންނަށް ހުރި ވޭންދެނިވި ޢަޛާބުގެ ބޮޑުކަން ބަޔާންކޮށްދެއްވިއެވެ.