ތަޤްވާވެރިކަން ނެތް މީހާ މީސްތަކުންގެ ލޯބި ހޯދުމަކުން ﷲ ގެ ޙަޟްރަތުން ލިބޭނެ އެއްވެސް ފައިދާއެއް ނެތް!: ޚުޠުބާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 43ސ
ތަޤްވާވެރިކަން ނެތް މީހާ މީސްތަކުންގެ ލޯބި ހޯދުމަކުން ﷲ ގެ ޙަޟްރަތުން ލިބޭނެ އެއްވެސް ފައިދާއެއް ނެތް!: ޚުޠުބާ

އެމީހެއްގެ ކިބައިގައި އިސްލާމްދީނަށް ލޯބިކޮށް މާތް ﷲ އަށް ބިރުވެތިވުން ހުރި މިންވަރަކުން މެނުވީ އެއްވެސް މީހަކަށް އެއްވެސް މަތިވެރިކަމެއް ނެތެވެ! މީސްތަކުންގެ ރުހުމާއި ތާއީދު ހޯދަން ކިތަންމެ ގިނަ ކަންތައްތަކެއް ކުރިނަމަވެސް އެމީހެއްގެ ކިބައިގައި ތަޤްވާވެރިކަން ނެތް ނަމަ އެމީހާއަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެއްވެސް މަތިވެރިކަމެއް ހުރި މީހެއް ނޫނެވެ" މިކަންކަން ބަޔާންކޮށް މިއަދުގެ ހުކުރު ޚުޠުބާގައި ބަޔާންކޮށްފައި ވެއެވެ! 

ޚުޠުބާއިން:

 ﷲ ތަޢާލާގެ ޙަޟްރަތުގައި މާތްކަމާއި، ޢިއްޒަތާއި، ޤަދަރުގެ ނާރެހަކީ ތަޤްވާއެވެ. ޝަރަފާއި ޢިއްޒަތް ޙާޞިލްވުމުގައި ކަޅެއް ދޮނެއް، ޢަރަތްބެއް، ޢަޖަމީއެއް ފަރަޤުކުރުމެއް ނުވެއެވެ. 

ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. (أَلَا لَا فَضْلَ لِعَرَبِيٍّ عَلَى أَعْجَمِيٍّ ، وَلَا لِعَجَمِيٍّ عَلَى عَرَبِيٍّ ، وَلَا لِأَحْمَرَ عَلَى أَسْوَدَ ، وَلَا أَسْوَدَ عَلَى أَحْمَرَ إِلَّا بِالتَّقْوَى)   މާނައީ: "ދަންނާށެވެ! ޢަރަތްބަކަށް ޢަޖަމީއެއްގެ މައްޗަށް (އެބަހީ: ޢަރަބި ނޫން މީހެއްގެ މައްޗަށް) މޮޅުކަމެއް، އަދި ޢަޖަމީއަކަށް ޢަރަތްބެއްގެ މައްޗަށް މޮޅުކަމެއް ނުވެއެވެ. ދޮންމީހަކަށް ކަޅުމީހެއްގެ މައްޗަށް މޮޅުކަމެއް ނުވެއެވެ. އަދި ކަޅު މީހަކަށް ދޮން މީހެއްގެ މައްޗަށް ވެސް މޮޅުކަމެއް ލިބިގެންނެއް ނުމެ ވޭމެއެވެ. ތަޤްވާވެރިކަމުން މެނުވީއެވެ."  

ކީރިތިވަންތަ ﷲ ވަޙީކުރެއްވިއެވެ. (إِنَّ أَكْرَمَكُمْ عِندَ اللَّهِ أَتْقَاكُمْ ۚ إِنَّ اللَّهَ عَلِيمٌ خَبِيرٌ)  މާނައީ: "ހަމަކަށަވަރުން، اللَّه ގެ حضرة ގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަންބޮޑީ، ތިޔަބައިމީހުންކުރެ އެންމެ تقوى ވެރި މީހާއެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، خبير ވަންތަ ރަސްކަލާނގެއެވެ."

- މިއަދުގެ ހުކުރު ޚުޠުބާއިން

މިއަދު އޮންލައިން