ޝައިޠޯނާގެ ވަސްވާސްތަކުން ސަލާމަތްކަން ލިބިގަތުމަށް މިދުޢާ ކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ޝައިޠޯނާގެ ވަސްވާސްތަކުން ސަލާމަތްކަން ލިބިގަތުމަށް މިދުޢާ ކުރާށެވެ!

ޝައިޠޯނާ އެއިގެ އަޞްލު ސިފައިގައި އައިސް މީހުންނާ ވާހަކައެއް ނުދައްކާނެއެވެ. ނަމަވެސް ސިފަ ބަދަލުކޮށްގެން މާތް މީހެއްގެ ސިފަ ޖެހިގެން، ހެޔޮލަފާ މުސްކުޅިއެއްގެ ސިފަ ޖެހިގެން، މާތް ޢިލްމުވެރިއެއްގެ ސިފަޖެހިގެން ނުވަތަ އެނޫންވެސް ބައެއް ސިފަސިފައިގައި އައިސް މީހުންނާ ވާހަކަ ދައްކާފައި ހުރިކަން އެއީ ސާބިތުވާ ކަމެކެވެ. 

ޒަކާތަށް ޖަމާކޮށްފައި ހުރި ތަކެތިން ވައްކަންކުރަން 3 ރޭ އިންސާނެއްގެ ސިފައިގައި އައިސް އަބުހުރައިރަތުގެފާނާއި ވާހަކަ ދެއްކިކަން އެއީ ޙަދީޘުފުޅުން ސާބިތުވާން އޮތް ކަމެކެވެ. 

ޝައިޠޯނާ މީހަކު ނުވަތަ ބައަލު ލައްވައި ފާފަކުރުވަން ބޭނުންވުމުން އެބައެއްގެ ހިތަށް ވަސްވާސްދޭނީއެވެ. ހިތް އެކަމަށް ޝައުޤުވެރިކުރުވާނީއެވެ! ވީމާ ފުރަތަމަ ކަމެއްގެ ގޮތުން އަހަރެމެން ކުރަންޖެހޭ ކަމަކީ އެމީހާގެ ހިތް ޝައިޠޯނާގެ ވަސްވާސްތަކުން ސަލާމަތްކުރުވުމެވެ. 

ކޮންމެ މީހަކީވެސް ފާފަ ކުރެވޭނެ މީހެކެވެ! ފާފަކުރެވެނީ އެކަން ކުރަން ޝައުޤްވެރިވެވުމުންނެވެ! ޝައުޤްވެރިވެވެނީ އެކަމަށް ޝައިޠޯނާ ވަސްވާސް ދިނުމުންނެވެ! ވީމާ ފާފަކުރުން ދޫކޮށްލައި އިޞްލާޙްވުމަށް އެދޭމީހާ ފުރަތަމަ ކުރަންޖެހޭ ކަމަކީ ޝައިޠޯނާގެ ވަސްވާސްތަކުން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކުރުން ގިނަކުރުމެވެ.

ޝައިޠޯނާގެ ވަސްވާސްތަކުން ސަލާމަތްކޮށްދެއްވެވުން އެދި ކުރަންވީ ދުޢާތައް ކީރިތި ޤުރްއާނުން ފެންނަން އެބަހުއްޓެވެ! އެއިގެ ތެރެއިން އެއް ދުޢާއަކީ:  

رَّبِّ أَعُوذُ بِكَ مِنْ هَمَزَاتِ الشَّيَاطِينِ

“އަޅުގެ ވެރިރަސްކަލާކޮ! ޝައިޠޯނުންގެ ވަސްވާސްތަކުން ދުރުކުރެއްވުން އެދި، އިބަރަސްކަލާނގެ ޙަމްރަތުން، ތިމަންއަޅާ ރައްކާތެރިކަން ލިބިގަންނަމެވެ." (އަލްމުއްމިނޫން: 97)

މިއަދު އޮންލައިން